ގދ. ގައްދޫން ހުޅުމާލެއަށް ދަތުރުކުރަނިކޮށް ގެއްލުނު ދޯނި ފެނިއްޖެ އެވެ.
ފުލުހުން ބުނީ، ހުޅުމާލެ އައުމަށް އެ ދޯނި ގައްދޫން ފުރީ، މިދިޔަ އާދިއްތަ ދުވަހުގެ ރޭ 08:00 ހާއިރު ކަމަށެވެ. ދޯނި ގެއްލުނުއިރު، އޭގައި ތިބީ ތިން ދިވެހީންނާއި ދެ ބިދޭސީންނެވެ.
ދޯނި ގެއްލުނީ، ހުވަދޫ ކަނޑުން ނުކުތްތާ މާ ގިނައިރުތަކެއް ނުވަނީހެވެ. އެހެން ނަމަވެސް އޭގެ ފަހުން ދޯނީގެ ޚަބަރެއް ނުވެއެވެ.
ފުލުހުން މިއަދު ބުނީ “ބްރިލިއަންޓް ކެރިއާ” ދޯނި ރޭ ފަތިހު 5:00 އެހައިކަންހާއިރު ލ. އަތޮޅު ތެރެއިން ފެނިފައިވާ ކަމަށް ކޯސްޓް ގާޑުން މައުލޫމާތު ދީފައިވާ ކަމަށާއި އޭގައި ތިބި ފަސް މީހުންގެ ހާލު ވެސް ރަނގަޅު ކަމަށެވެ.



