- Advertisement -ad image

ޓެކްސީގެ މައްސަލަ ހައްލުކުރުމަށް ކުރާ މަސައްކަތެއް މިނިސްޓަރަށް ވިދާޅުވެނުދެއްވުނު

ad image

ގުޅުންހުރި ލިޔުންތައް

ޓެކްސީ ނުލިބޭ މައްސަލަ ހައްލު ކުރަން ސަރުކާރުން ގެންގުޅުއްވާ ވިސްނުންފުޅަކީ ކޮބައިތޯ ސާފުކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ޓްރާންސްޕޯޓު މިނިސްޓަރ އައިޝަތު ނަހުލާގެ އަރިހުން އެދިވަޑައިގެންނެވުމުން އެ ސުވާލަށް މިނިސްޓަރު ޖަވާބުނުދެއްވިކަން ހާމަވެއްޖެއެވެ.

މާލެ ސަރަހައްދުގައި ޓެކްސީގެ ހިދުމަތް ހޯދުމަށް ދަތިވެގެން ރައްޔިތުން ޝަކުވާ ކުރާތީ އެކަން ހައްލުކުރަން ސަރުކާރުން ގެންގުޅޭ ވިސްނުން ސާފުކުރުމަށް، ލިޔުމުން ޖަވާބެއް ހޯއްދެވުމަށް އެދި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވަނީ މިނިސްޓަރު ނަހުލާގެ ކިބައިން އެދިވަޑައިގެންފައެވެ.

ވިދާޅުވެފައިވާ ގޮތުގައި ޓެކްސީތަކާއި ގުޅިގެން ރައްޔިތުންގެ ޝަކުވާ ފޮނުވަން ނިޒާމެއް ޤާއިމް ކުރެވިފައިވާ ކަމަށާއި އެ ނިޒާމުގެ ތެރެއިން ޓެކްސީތަކުގެ އަގު ބޮޑުވެގެން 57 މައްސަލަ ހުށަހެޅިފައިވާ ކަމަށެވެ. އަދި އެ މައްސަލަތައް ދިރާސާކޮށް މިހާތަނަށް 15 މައްސަލަ ފުލުހަށް ފޮނުވާފައިވާ ކަމަށްވެސް ނަހުލާ ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ޤަވާއިދާއި ހިލާފަށް އަމަލުކޮށްފައިވާ ބައެއް ޑްރައިވަރުންގެ ބަޔާން ނަގާ އެ ޑްރައިވަރުންނާއި ދޭތެރޭ ފިޔަވަޅު އެޅުމަށް ޓެކްސީ ސެންޓަރުތަކަށް އަންގާފައިވާނެ ކަމަށްވެސް ލިޔުމުން ދެއްވި ޖަވާބުގައި ނަހުލާ ވިދާޅުވެފައިވެއެވެ.

ނަމަވެސް މެމްބަރު ރިޔާޒުގެ ސުވާލުގައި ޓެކްސީ ނުލިބޭ މައްސަލަ ހައްލު ކުރަން ސަރުކާރުން ގެންގުޅުއްވާ ވިސްނުންފުޅަކީ ކޮބައިތޯ ސާފުކޮށްދިނުމަށް އެދިފައި ބަޔަށް މިނިސްޓަރު އެްވެސް ޖަވާބެއް ދެއްވާފައި ނުވެއެވެ.

ބަދަލުގައި މުޅިންވެސް ހުރީ ޓެކްސީ ދަތުރުކުރުމުގައި ދިމާވާ އެކިއެކި ކަންކަމުގައި ރައްޔިތުން ޝަކުވާ ކުރުމުން މިނިސްޓްރީން އެކަންތައް ބަލާފައިވާ ވާހަކައާއި އަދި ބަލަމުންދާ ވާހަކައެވެ.

spot_img

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ