- Advertisement -ad image

ދީނީ ހޭލުންތެރިކަން އިތުރު ކުރުމަށް ކުރެވިދާނެ ކަންކަން ބެލުމަށް އިސްލާމިކް މިނިސްޓަރު ތުރުކީއަށް

ad image

ގުޅުންހުރި ލިޔުންތައް

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙްމަދު ޒާޙިރު ޢަލީ ރަސްމީ ދަތުރުފުޅެއްގައި ތުރުކީއަށް ފުރައިވަޑައިގެންފިއެވެ. މިމަހުގެ 23 އިން 30 އަށް ތުރުކީއަށް ކުރައްވާ ރަސްމީ މި ދަތުރު ފުޅުގައި، ތުރުކީގެ ޕްރެޒިޑެންޓް އޮފް ޕްރެޒިޑެންސީ އޮފް ރިލިޖަސް އެފެއާޒްގެ ރައީސް ޕްރޮފެސަރ ޑރ. ޢަލީ އަރްބާސް އާއި ބައްދަލު ކުރައްވާ ދެ މުއައްސަސާ ގުޅިގެން ރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވިދާނެ ކަންކަމާއި ބެހޭ ގޮތުން މަޝްވަރާ ކުރުމާއި، ދެޤައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންކަމާއި ބެހޭގޮތުން މަޝްވަރާ ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރެއެވެ.

އަދި ތުރުކީގެ ޙަލާލު ސެޓިފިކެޓް ކަންކަން ބަލަހައްޓާ ވުޒާރާއަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް މިނިސްޓްރީން ހާމަކުރެއެވެ..

މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ޢަލީގެ މިދަތުރުފުޅުގައި ޑެޕިއުޓީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޝާފިއު ޢަލީ އާއި، އިސްލާމީ މަރުކަޒުގެ އިމާމު ޝައިޚް ނަސްރުﷲ ޢަލީއާއި ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އަބްދުލް ޢަޒީޒް އިސްމާޢީލް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ