Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

 އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރުމަށް ވަސީލަތްތައް ހޯދުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް: ޑިފެންސް މިނިސްޓަރ

ad image

ގުޅުންހުރި ލިޔުންތައް

ދިވެހިރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތާއި، އިސްތިގުލާލު އޭގެ އެންމެ ފުރިހަމަ މާނައިގައި ހިމާޔަތްކުރަންޖެހޭނީ ދިވެހިންނާއި ދިވެހި އަސްކަރިއްޔާއިން ކަމަށާއި، އެހެންވެ، އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރ ޢައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ޑިފެންސް މިނިސްޓަރު ޢައްސާން ވަނީ މިއަދު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށްފައެވެ. މިނިސްޓަރ މަޖިލީހުގެ ތަޅުމަށްް ހާޒިރުކޮށްފައިވަނީ އިންޑިއާ އާއި ރާއްޖެއާ ދެމެދު ޤާއިމުކޮށްފައިވާ އެއްބަސްވުންތައް ހާމަނުކުރާ ސަބަބާއި މިހާތަނަށް އިންޑިއާގެ ކިތައް ސިފައިން ރާއްޖެއިން ފޮނުވާލެވިއްޖެތޯ އާއި، އަދި އިންޑިއާ ސިފައިން ރާއްޖޭގައި ގެންގުޅެނީ ކޮންކަހަލަ ހަތިޔާރުތޯ ސާފުކުރުމަށް ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު ހުށަހަޅުއްވާފައިވާ ސުވާލުތަކަށް ޖަވާބުދެއްވުމަށެވެ.

މި ސުވާލުތަކަށް ޖަވާބުދެއްވަމުން ޑިފެންސް މިނިސްޓަރ ވިދާޅުވީ އިގުތިސާދީ ގޮތުން ގައުމު މިއަދު މިއޮތް ދަތި ހާލަތުގައި ވެސް ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކޮށްގެން ސިފައިންނަށް ބޭނުންވާ ޓޭންކަރުތަކާއި ޑްރޯން އަދި މިސައިލް ފަދަ ވަސީލަތްތައް ހޯދުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.

އަދި ޣައްސާން ވިދާޅުވީ، މި ސަރުކާރު ދިވެހި ރައްޔިތުން އިންތިޚާބުކޮށްގެން އައިސް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރެއްވި ފަހުން ބޭރުގެ އެއްވެސް ދަރަންޏެއް ޑިފޯލްޓުވެފައެއް ނެތް ކަމަށެވެ. އަދި، ސަރުކާރުން ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ރަނގަޅުކުރެއްވުމުގެ މަސައްކަތް ބާރަށް ކުރިއަށް ގެންދަވާ ކަމަށް ވިދާޅުވިއެވެ.

ސަރުކާރުން ވަނީ ދިވެހި އަސްކަރިއްޔާގެ ވައިގެ ޚިދުމަތަށް އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫއޭވީ)ތަކެއް ތުރުކީން ގެނެސްފައެވެ. އަދި، މިފަހުން ދިވެހި އަސްކަރިއްޔާއަށް ވަނީ އާ ވެހިކަލްތަކެއް ވެސް ގެނެސްފައެވެ.

އިންޑިއާ ސިފައިންނާއި ގުޅޭގޮތުން ކުރި ސުވާލަށް ޖަވާބުދެއްވަމުން ޢައްސާން ވަނީ ރާއްޖޭގައި އޭރު ތިބި އިންޑިއާގެ ސިފައިން ހަތިޔާރު ގެންގުޅެފައިނުވާ ކަމަށް ވިދާޅުވެފައެވެ. އަދި އިންޑިއާއާއެކު ވި އެއްބަސްވުމުގެ ދަށުން ރާއްޖޭގައި ގާއިމުވެ ތިބި ހުރިހާ ސިފައިން ފޮނުވައިލި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ އިންޑިއާ ސިފައިން ފޮނުވާލި ތާރީހުތަކާއި އަދަދުތަކުގެވެސް ތަފްސީލް ދެއްވާފައެވެ.

އޭޕްރިލް 7، 2024ގައި ހަނިމާދޫއިން 12 ސިފައިން ފޮނުވާލި

އޭޕްރިލް 9، 2024ގައި ހަނިމާދޫއިން 13 ސިފައިން ފޮނުވާލި

މެއި 7، 2024ގައި ލ. ކައްދޫން 13 ސިފައިން ފޮނުވާލި

މެއި 9، 2024ގައި ލ. ކައްދޫން 12 ސިފައިން ފޮނުވާލި

މާރިޗު 7، 2024ގައި ސ. ގަމުން 12 ސިފައިން ފޮނުވާލި

މާރިޗު 9، 2024ގައި ސ. ގަމުން 12 ސިފައިން ފޮނުވާލި

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ