ހުޅުމާލެ ފޭސް 2 ގައި ހުންނަ ސްކޫލަކަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން އެ ކުއްޖާ ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ފަށައިފިއެވެ.
ފުލުހުން މަޢުލޫމާތު ދިން ގޮތުގައި މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިއަދު ހެނދުނު 8:30 އެހައިކަށްހާއިރުއެވެ. ހިޔާޓަވަރު 8 އިން ސްކޫލަށް ދިއުމަށް ނުކުތް މި ކުއްޖާ ސްކޫލަށް ނުވަންނަކަން މިހާތަނަށް ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.
މި ކުއްޖާ ހޯދުމުގެ މަސައްކަތް ކުރިއަށްދަނީ ދިވެހި ފުލުހުންގެ ޚިދުމަތާއި އެޑިއުކޭޝަން މިނިސްޓްރީ އަދި ސްކޫލް ގުޅިގެންނެވެ.



