- Advertisement -ad image

ވޭމަންޑޫއާ ކިނބިދޫ ގުޅާލެވޭވަރުގެ ބަޖެޓެއް މިވަގުތު ނެތް: އަސްލަމް

ad image

ގުޅުންހުރި ލިޔުންތައް

ކޮޅުމަޑުލު ބޭމަންޑޫއާ އެ އަތޮޅު ކިނބިދޫ ގުލާލުަމުގެ މަޝްރޫއަސް ބޮޑު ހަރަދެއް ދާނެ ކަމަށާއި އެހެންކަމުން އެ ދެރަށް ގުޅާލެވޭ ވަރުގެ ބަޖެޓެއް މިވަގުތު ސަރުކާރުގައި ނެތްކަމަށް  މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަލްފާޟިލް މުޙައްމަދުު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 6 ޖަލްސާގައި ތިމަރަފުށި ދާއިރާގެ މެންބަރު ޢަބްދުالله ރިޔާޟް، އަސްލަމްއާ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ތ.ވޭމަންޑޫ އާއި ކިނބިދޫ ކޯޒްވޭއަކުން ގުޅާލުމަށް ކުރިއަށްގެންދާ މަސައްކަތަށް 522 މިލިޔަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަސްލަމް ވިދާޅުވީ މި އަހަރުގެ ބަޖެޓްގައިވެސް އެމަސައްކަތަށް ކަނޑައެޅިފައި އޮތީ، އެއް މިލިއަނެއްހާ ރުފިޔާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެ މަޝްރޫއު ހިންގުމަށް ބޭނުންވާ އެހެނިހެން މަސައްކަތްތައް ނިމިފައިވީ ނަމަވެސް މަސައްކަތުގެ ބަޖެޓް ހަމަޖެހިފައިނުވާކަމަށެވެ. އެގޮތުން އެސަރަހައްދުގައި ރިސޯޓެއްގެ ގޮތުގައި ތަރަައްގީ ކުރުމަށް ކަނޑައަޅާފައިވާ ރަށެއްގެ މައްސަލަވެސް މިހާރު ޙައްލު ކުރަށްވާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ނަމަވެސް އެކަށީގެންވާ ބަޖެޓް ހަމަނުޖެހި މަސައްކަތް ފެށޭނެ ތާރީޚެއް ދަންނަވަން އެނގިވަޑައިނުގަންނަވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރައީސް އިބްރާހިމު މުހައްމަދު ސޯލިހު 2018 ވަނަ ވެރިކަމަށް އައުމަށްޓަކައި ވޭމަންޑޫ އަދި ކިނބިދޫ ރައްޔިތުންނަށް ވީ މި ވައުދު ނުފުއްދި ދައުރު ނިމެންދާއިރު މިނިސްޓަރ ވިދާޅުވީ ރައީސްގެ ވަޢުދުފުޅުތައް މިދައުރުގެ ތެރޭގައި ފުއްދަވާނެކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ