ގިނަ އަދަދެއްގެ ލަކުޑި ބަރުކޮށްފައި އޮތް “ހުވަނދުމާ 2” ދޯނި ޓީ ޖެޓީ ސަރަޙައްދަށް ވަތްފަހުން، އެ ދޯނި އަޑިއަށް ގޮސްފިއެވެ. އެމްއެންޑީއެފުން ބުނީ ކެރޭނެއްގެ އެހީގައި އެ އުޅަނދު ފެންމަތިކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން ކަމަށާއި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށެވެ.
އަދި މާލޭ ހުޅަނގުފަރާތު ކަނޑުމަތިން ސަފާރީއަކާއި މުދާ އުފުލާ ދޯންޏެއް ޖެހި، އެކްސިޑެންޓެއް ހިނގުމާ ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއިން ދަނީ ހަރަކާތްތެރިވަމުން ކަމަށާއި އެކްސިޑެންޓްގައި ފަޅައިގެންދިޔަ “ހުވަނދުމާ 2” ދޯނި ފެންމަތިކުރުމަށް ސިފައިން ވަނީ މަސައްކަތްކޮށްފައި ކަމަށް ވެސް އެ އިދާރާއިން ހާމަކުރެއެވެ.