ސިނަމާލެ ބްރިޖުގައި ރޭ ހިނގި ދެ އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެ، ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްއިން މައުލޫމާތު ދިން ގޮތުގައި، ރޭ 9:48 ގައި ފުރަތަމަ އެކްސިޑެންޓް ހިނގީ ބްރިޖުގައި ހަތަރު ސިގްނަލް ޖަހައިގެން މަޑުކޮށްފައި އޮތް ކާރަކާ ދިމާލަށެވެ. އެގޮތުން ކުރިއަށް ދުއްވަމުންދިޔަ ސައިކަލެއް ކުއްލިއަކަށް މަޑުކުރުމުން، ފަހަތުން އައި އެހެން ސައިކަލެއް އެ ސައިކަލާ ޖެހި، ދެން އެ ދެ ސައިކަލު ކާރާ ޖެހުނީއެވެ. މި އެކްސިޑެންޓުގައި ދެ މީހަކަށް އަނިޔާވިއެވެ.
“ފުރަތަމަ އެކްސިޑެންޓް ހިނގުމުގެ ސަބަބުން ޓްރެފިކް ފްލޯ ހުއްޓިފައި އޮއްވާ ދެވަނަ އެކްސިޑެންޓެއް ވެސް ހިނގައިފި. އެއީ ކާރެއްގެ ފަހަތުގައި ސައިކަލެއް ޖެހިގެން ހިނގި އެކްސިޑެންޓެއް،” ފުލުހުންގެ ތަހުގީގަށް ހާމަވި މައުލޫމާތު ހިއްސާކުރަމުން ބުންޏެވެ.
ދެވަނަ އެކްސިޑެންޓުގައި ސައިކަލު ދުއްވަން ހުރި ފަރާތުގެ ފަލަމަސްގަނޑަށް ވަރަށް ބޮޑެތި އަނިޔާތަކެއް ވެފައިވާ ކަމަށް ފުލުހުން ފާހަގަކުރިއެވެ. އަދި މި ދެ އެކްސިޑެންޓުގައި އަނިޔާވި ތިން މީހުންނަށް މިވަގުތު ވެސް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް އެފަރާތުން ހާމަކުރިއެވެ.
މި ދެ އެކްސިޑެންޓުގެ މައްސަލަ ބަލައި، ތަހުގީގު ކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ.



