ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ކޮރަޕްޝަން ހިންގުމުގެ އެއްވެސް ފުރުސަތެއް ނުދެއްވާނެ ކަމަށް ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު (ޝާޑު) ވިދާޅުވެއްޖެއެވެ. މިހެން ވިދާޅުވީ ޕީއެންސީގެ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޝާޑު ވިދާޅުވި ގޮތުގައި މި ސަރުކާރު އައުމާއެކު މަޖިލީހުން ކޮރަޕްޝަންގައި އޮންނާނީ ތަޅު އަޅުވާފައެވެ. އަދި ތަޅުދަނޑި އޮންނާނީ މަޖިލީހުގައި ރައީސް އަބްދުއްރަހީމްގެ އަތްޕުޅުގައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި އިތުރަށް ފާހަގަކުރެއްވި ގޮތުގައި ރައީސް މުއިއްޒު އެއްވެސް މީހަކަށް އަނިޔާވެރިވެ ވަޑައިނުގަންނަވާނެއެވެ. އަދި ކޯޓުތަކަށް ވެސް އަތްބާނުއްވާނެ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، އުސޫލުތަކާއި ހަމަޖެހިފައިވާ ގަވާއިދުގެ ތެރެއިން ކަންކަން ކުރިއަށް ދިއުމަކީ ރައީސް އެކަންކަމަށް ޒިންމާ ނަގަންޖެހޭ ކަމެއް ނޫން ކަމަށްވެސް ޝާޑު ވިދާޅުވިއެވެ.



