ހުޅުމާލޭ ފޭސް އެކެއްގައި މިރޭ ހަވާ އަރުވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން ބުނީ ހުޅުމާލެ ފޭސް 1ގެ ރިވެލި ބީޗުގައި މިރޭ 20:00ގައި ހަވާ އެރުވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެމްއެންޑީއެފުން ބުނީ މިއީ ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓަކަށް ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ)އިން ކުރިއަށްގެންދާ ހަރަކާތެއް ކަމަށެވެ.
އެގޮތުން މި ހަރަކާތް ކުރިއަށް ދާނީ 3 މިނެޓެއް ހާ އިރު ކަމަށްވެސް އެ އިދާރާއިން ހާމަކުރެއެވެ.
އަމިއްލަ މީހުން ބާއްވާ އެކި ހަފުލާތަކުގައި ހަވާ އެރުވުމަކީ މިހާރު ރާއްޖޭގައިވެސް އާއްމު ކަމެކެވެ. އެގޮތުން މިދިޔަ ހަފުތާގައިވެސް 3 ރެއަކު ވަނީ ހަވާ އަރުވާފައެވެ.



