- Advertisement -ad image

ކުރިއަރ މެދުވެރިކޮށް ރާއްޖެ އެތެރެ ކުރަން އުޅުނު ބައި ކިލޯ ކެނަބިސް އަތުލައިގެންފި

ad image

ގުޅުންހުރި ލިޔުންތައް

ކުރިއަރ މެދުވެރިކޮށް ރާއްޖެއެތެރެ ކުރަން އުޅުނު ބައި ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ. ކަސްޓަމްސް އިން ބުނީ މި ތަކެތި އަތލައިގަނެފައިވަނީ ރާއްޖެ ގެނެސްފައިވާ ޕާރުސަލްތަކެއް ބަލާ ފާސްކުރުމުގެ ތެރޭގައި ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން އެތަކެތި އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

ކަސްޓަމްސްއިން ބުނީ މި ޕާރުސަލް ބަލާ ފާސްކޮށް ތަހުލީލު ކުރި އިރު ކެނަބިސް އަށް ޕޮޒިޓިވެވެފައިވާ ކަމަށެވެ.

މި މައްސަލާގައި އަތުލައިގަނެވުނު މަސްތުވަަތަކެތީގެ ބަރުދަނުގައި 0.537 ކިލޯ ހުރި ކަމަށް ވެސް ކަސްޓަމްސްއިން ހާމަކުރެއެވެ. މިއަހަރުގެ މިހާތަނަށް ކުރިއަރ މެދުވެރިކޮށް ރާއްޖެ އެތެރެ ކުރަން އުޅުނު 6.374 ކިލޯގެ މަސްތުވާތަކެއްޗާއި އެއަރ ކާރގޯ ޝިޕްމަންޓެއްގައި ފޮރުވައިގެން ރާއްޖެ އެތެރެ ކުރަން އުޅުނު ޖުމުލަ 17 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފާވާ ކަމަށްވެސް ކަސްޓަމްސްއިން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ