ފުވައްމުލަކުގައި ރޭ ހިންގި މާރާމާރީއެއްގައި 18 އަހަރުގެ ދިވެހި ޒުވާނަކަށް ބޮޑެތި އަނިޔާތަކެއް ލިބި، އިތުރު ފަރުވާ ދިނުމަށްޓަކައި އައްޑޫ ސިޓީއަށް ވަނީ ގެންގޮސްފައެވެ.
ފުލުހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ރޭ 8:54 ހާއިރުއެވެ.
މާރާމާރީގައި އަނިޔާވި ޒުވާނާގެ ނޭފަތާއި އަނގަމަތި ފަޅައިގެން ގޮސްފައިވާ އިރު، ކަނާތްފަރާތު ކޯމަތި ދުޅަވެފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. މީގެ އިތުރުން އޭނާއަށް އެހެނިހެން ކުދި އަނިޔާތަކެއްވެސް ވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައިގެ ތަހުގީގު ފުލުހުން ކުރިއަށް ގެންދާއިރު، މިހާތަނަށް އެއްވެސް ފަރާތެއް ހައްޔަރުކޮށްފައި ނުވާކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.