Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ރާއްޖޭގެ ހުރިހައި ރަށެއްގައި އަންނަ ހުކުރު ދުވަހު ޝައިޚު ފަރީދުގެ މައްޗަށް ޣައިބަށް ކަށު ނަމާދު ކުރަނީ

ad image

ގުޅުންހުރި ލިޔުންތައް

މެލޭޝިޔާގައި އާދިއްތަ ދުވަހު އަވަހާރަވެވަޑައިގެންނެވި ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ފަޟީލަތުއްޝައިޚު އިބްރާހީމް ފަރީދުގެ މައްޗަށް 13 ޖޫން ވާ ހުކުރު ދުވަހު ރާއްޖޭގެ ހުރިހާ ރަށެއްގައި ޣައިބަށް ކަށު ނަމާދު ކުރުމަށް ނިންމައިފިއެވެ.  

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން މިކަން އިއުލާންކުރައްވާ މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، އަންނަ ހުކުރު ދުވަހުގެ ހުކުރު ނަމާދަށްފަހު މާލެ އާއި ރާއްޖޭގެ ހުރިހާ ރަށެއްގައި ހުކުރު ކުރާ މިސްކިތްތަކުގައިޝައިޚު ފަރީދުގެ މައްޗަށް ޣައިބަށް ކަށު ނަމާދު ކުރެވޭނެއެވެ. އަދި މިކަމާ ގުޅޭ ރަސްމީ ނޯޓު މިއަދު ރަށު ކައުންސިލްތަކަށް ފޮނުވޭނެ ކަމަށް މިނިސްޓްރީން ވަނީ ހާމަކުރައްވާފައެވެ.

ޝައިޚު ފަރީދު އަވަހާރަވެވަޑައިގެންނެވީ މެލޭޝިޔާގައި ދީނީ ޢިލްމު ފޯރުކޮށްދެއްވުމަށްފަހު، ފުރާވަޑައިގަތުމަށް އެއާޕޯޓަށް ވަޑައިގެން ހުންނަވަނިކޮށް ހާޓް އެޓޭކެއް ޖެހިވަޑައިގަތުމުގެ ސަބަބުންނެވެ.

މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގަިއ ވަނީ ޝައިޚު ފަރީދަކީ ދަޢުވަތުގެ މައިދާނުގައި ދިވެހިރާއްޖެއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާ އަގުހުރި ދިވެހި އިލްމީ ދަރިއެއެއްކަން ފާހަގަކުރައްވާފައެވެ.

ޝައިޚް ފަރީދަކީ ދަޢުވަތުގެ މައިދާނުގައި ދިވެހިރާއްޖެއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާ އަގުހުރި ދިވެހި އިލްމީ ދަރިއެކެވެ. ޝައިޚު ފަރީދު، މި ވަގުތީ ދުނިޔެއާ އަބަދުގެ އަބަދަށް އަލްވަދާޢު ކީ އެންމެހައި ދިވެހިން ރޮއްވައިލައިފައެވެ. ޝައިޚު ފަރީދު ދަންނަ އެންމެހައި މީސްތަކުންގެ ހިތްތަކުގައި މިއަދު އާލާވަމުން ދަނީ އެ ބޭފުޅާގެ ހެޔޮ ހަނދާންތަކެވެ. އެ ބޭފުޅާއަކީ ހިތްވަރު ގަދަ، ޚުލްޤު ހެޔޮ، މީހުންނާ ގާތް ރަޙުމަތްތެރި ބޭފުޅެކެވެ. އެ ބޭފުޅާގެ އަސަރުގަދަ ދަރުސްތަކުގެ ސަބަބުން ހިތަށް ފުން އަސަރެއް ކުރުވިއެވެ. އެ ބޭފުޅާގެ ރީތި އަޑުފުޅުން ކީރިތި ޤުރްއާން ތިލާވަތުކުރައްވައެވެ. މުޅި ޙަޔާތް ހޭދަކުރެއްވީ އިސްލާމީ ދަޢުވަތު ފެތުރުއްވުމުގައެވެ. ދުނިޔެއާ ވަކިވެގެން އެ ދިޔައީ ވެސް އެ މަގުގައި ހިންގަވައިފައި ވަޑައިގަންނަވަނިކޮށެވެ. މާތް ﷲ ޝައިޚް ފަރީދުއަށް ހެޔޮ ރަޙުމަތް ލައްވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކުރައްވާށިއެވެ! “ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

މިނިސްޓްރީން އިތުރަށް ފާހަގަކުރައްވާފައިވަނީ، ޝައިޚު ފަރީދު ފަދަ ބޭފުޅުންގެ ޙަޔާތުން ފިލާވަޅު ލިބިގަނެ، އެ ބޭފުޅުން ކޮށައިދެއްވި މަގުން ހިނގައި، އިސްލާމް ދީނާއި ވަޠަނުގެ ދިފާޢުގައި ދެމިތިބޭނެ ޒުވާން އިލްމީ ޖީލެއް ބިނާކުރުމުގެ މަސްއޫލިއްޔަތު މިއަދު ވަނީ އުންމަތުގެ ކޮނޑުގައި އެޅިފައި ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ