އިންޑިއާ އާއި ދެކޮޅަށް އިދިކޮޅުން ކުރިއަށް ގެންދާ އިންޑިއާ އައުޓް ކެމްޕެއިނަކީ ދިވެހިންގެ ތާއީދު އޮތް ކަމެއް ނޫން ކަން ސާބިތުވަނީ އެކަމުގައި ބައިވެރިވާ މީހުން މަދު ކަމުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސިޔާސީ ވެރިންގެ ސިޔާސީ ބޭނުމަށްޓަކައި ދިވެހިން ބާކީވެ ނިކަމެތިވާނެ ކަންކަން ނުކުރުމަށް ހުރިހާ ސިޔާސީ ވެރިން ވިސްނަންވާނެ ކަމަށެވެ. ނަޝީދު ވަނީ މި ޓުވީޓްގައި ބާކީނުވޭ ހޭޝްޓެގްވެސް ބޭނުން ކުރައްވާފައެވެ.
އިދިކޮޅު ފަރާތްތަކުން ކުރިއަށްދާ އިންޑިއާ އައުޓް ކެމްޕެއިނަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ކަމަށްބުނެ ކުރިއަށް ގެންދާ ކެމްޕެއިނެކެވެ.