ޕްރޮގްރެސިވް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފޯރިގަދަ ހަރުގެ ޖަލްސާއެއް މިރޭ ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
މި ޖަލްސާ އޮންނާނީ ޕީއެންސީގެ ހަރުގެ ކަމުގައިވާ ހ. ވެޔޮވިލާގައި މިރޭ 20:45 ގައެވެ.
ޕީއެންސީން ހާމަލކުރިގޮތުގައި މިރޭ އޮންނަ ޖަލްސާގައި މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު އަބްދުލްޤާދިރު، ސްޓޭޓް މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަބްދުލް މަޖީދު އިބްރާހިމް، ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވާހަކަފުޅުދައްކަވާނެއެވެ.

ޕީއެންސީން މި ޖަލްސާގައި ބައިވެރިވުމަށް އާންމު ރައްޔިތުންނަށް ވަނީ ހުޅުވާލައި ދަޢުވަތު ދީފައެވެ. މި ޖަލްސާއަކީ ޕީއެންސީން އިންތިޒާމްކުރާ ގަވާއިދުން ބާއްވަމުން އަންނަ ހަރުގެ ޖަލްސާތަކުގެ ތެރެއިން ޖަލްސާއެކެވެ.



