ވިލިމާލޭގެ މަސްޖިދުއްސަލާމް މިހާރު ހުރި ސަރަހައްދުގައި ބޮޑު މިސްކިތެއް އެޅުމަށް ވަނީ ނިންމާފައިވާކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
އެގޮތުން މިނިސްޓަރު ޝަހީމް ފާހަގަކުރެއްވި ގޮތުން، މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހެޔޮއެދޭ ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށާއި، މަސައްކަތް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް އެ ފަރާތާ ހަވާލުކުރެވޭނެ ކަމަށް ވިދާޅުވިއެވެ. އަދި މި އާ މިސްކިތުގައި ގުރުއާން ކިޔަވައިދިނުމާއި އިލްމީ ހަރަކާތްތަކަށް ޚާއްސަ ކްލާސްރޫމްތައް ވެސް ހިމެނޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ނަމަވެސް މި މަޝްރޫއަށް ހިނގާނެ ޚަރަދުގެ ތަފްސީލު އަދި ހާމަކުރައްވާފައެއް ނުވެއެވެ. މިހާރުވެސް ވިލިމާލޭގައި މަސްޖިދުއްސަލާމްގެ އިތުރުން މަސްޖިދުލް އިހުލާސް އަދި މަސްޖިދުލް ބިއްރީ ހިމެނޭ ގޮތަށް ތިން މިސްކިތް ހުރެއެވެ.



