Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

 ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީގެ މަގާމުން ދާއޫދު ވަކިކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

ހެންވޭރުގައި ހިނގި ހައްވާ ޔުމްނު ރަޝީދުގެ ހާދިސާއާ ގުޅިގެން ކުރެވުނު ތަޙުޤީޤަށް ދޮގު މަޢުލޫމާތު ދިނުމާއި ގުޅިގެން ރައީސް އޮފީހުގެ ޑިޖިޓަލް ސްޓްރެޓެޖީގެ އަންޑަ ސެކްރެޓަރީގެ މަޤާމުގައި ހުރި ދާއޫދު އަޙްމަދު ޒިލާލް އެ މަޤާމުން ވަކިކޮށްފިއެވެ.

ދާއޫދަކީ ޔުމްނު ވެއްޓުނު ރޭ އެންމެ ފަހުން އޭނާއާއެކު ހުރި ރައުދު އަޙްމަދު ޒިލާލުގެ އެއްބަނޑު އެއްބަފާ ބޭބެއެވެ. މި މައްސަލައިގެ ތަޙުޤީޤަށް ނުފޫޒު ފޯރުވަން މަސައްކަތްކުރި ކަމުގެ ތުހުމަތުގައި، އޭޕްރިލް 24 ގައި އޭނާ ވަނީ ވަޒީފާއިން ސަސްޕެންޑް ކޮށްފައެވެ.

ފުލުހުން ކުރިއަށް ގެންދިޔަ ތަހުގީގާ މެދު ސުވާލު އުފެދި އިތުބާރު ގެއްލުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މައްސަލަ ބެލުމަށް ހާއްސަ ކޮމިޝަނެއް އެޕްރީލު މަހުގެ 27 ވަނަ ދުވަހު އުފައްދަވާފަ އެވެ. އެ ކޮމިޝަނުން އެކުލަވާލި އިންކުއަރީ ރިޕޯޓު އިއްޔެ ވަނީ އާންމުކޮށްފަ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވިގޮތުގައި ދާއޫދު މަޤާމުން ވަކިކުރެވުނީ ކޮމިޝަނުގެ ރިޕޯޓުގައި ފާހަގަކުރެވުނު ދޮގު ބަޔާން ދިނުމުގެ މައްސަލައާ ގުޅިގެންނެވެ. ދާއޫދުގެ ބަޔާނާއި އެހެނިހެން ހެކިތަކާ ދެމެދު ހުރި ފުށުއެރުންތަކުގެ ސަބަބުން، އޭނާ ދީފައިވާ މަޢުލޫމާތުގެ ޞައްޙަކަމާމެދު ސުވާލު އުފެދިފައިވެއެވެ.

ރިޔާސީ ކޮމިޝަނުގެ ރިޕޯޓުގައިވާ ގޮތުން، ޔުމްނު ވެއްޓުނު ހާދިސާއާ ގުޅޭ މައްސަލަ ފުލުހުން ތަހުގީގު ކުރަނިކޮށް ދާއޫދު ވަނީ ހޯމް މިނިސްޓަރު އަލީ އިހުސާނަށް ތަކުރާރުކޮށް ގުޅައިފަ އެވެ. ޔުމްނު ވެއްޓުނު މައްސަލައިގެ ތަހުގީގަށް ދާއޫދު ވެސް ވަނީ ބަޔާން ދީފަ އެވެ. އޭނާ ބުނެފައިވަނީ އެ މައްސަލައާ ގުޅިގެން ސަރުކާރުގެ އެއްވެސް އިސް ބޭފުޅަކާ މުއާމަލާތު ކޮށްފައި ނުވާނެ ކަމަށާއި ޔުމްނު ވެއްޓުމާ ގުޅޭ އެއްވެސް ވާހަކައެއް ރައުދު އޭނާ ކައިރީގައި ބުނެފައި ނުވާ ކަމަށެވެ.

ނަމަވެސް، ހާދިސާ ހިނގި ދުވަހުގެ އެކި ވަގުތުތަކުގައި ހޯމް މިނިސްޓަރު އިހުސާނާ، ދާއޫދޫ މުއާމަލާތުކޮށް ވާހަކަ ދައްކާފައިވާ ކަމަށް ކޮމިޝަނުން މިދިޔަ އަންގާރަ ދުވަހު ނެރުނު ރިޕޯޓްގައި ބުންޏެވެ. އަދި، ހާދިސާއަަށް ފަހު ރައުދު ގެއަށް ގެނައުމުން އޭނާ ބަލައި ފޭބީ ދާއޫދު ކަމަަށް ވެސް ރިޕޯޓްގައިވެ އެވެ.

ރިޕޯޓްގައި ބުނީ ދާއޫދު މައްސަލައިގެ ތަހުގީގަށް ފުލުހުންނަށް ދިން ބަޔާނާއި ކޮމިޝަނަށް ދިން ބަޔާނުގައި ވެސް ފުށުއެރުންތަކެއް އެބަހުރި ކަމަށެވެ. އެހެންވެ، އޭނާ ތަހުގީގަށް ދޮގު ބަޔާނެއް ދީފައިވާ ކަމަށް ފާހަގަކުރެވޭ ކަމަށް ރިޕޯޓްގައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ