މޯލްޑިވްސް މީޑިއާ ކައުންސިލްގެ ހުސްވެފައިވާ ތިން މަޤާމަށް މެންބަރުން އިންތިޚާބު ކުރުމަށް ބޭއްވި ބައި-އިލެކްޝަންގެ ވޯޓުލުން މިއަދު ކުރިއަށް ގެންގޮސްފިއެވެ.
މި ބައި-އިލެކްޝަންގައި ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ މިއަދު ހެނދުނު 10:00 އިން 11:00 އަށް، ސޯޝަލް ސެންޓަރުގެ ފުރަތަމަ ފަންގިފިލާގައި ހުންނަ ޖިމްނޭޒިއަމް ރޫމުގައެވެ.
މީޑިއާ ކައުންސިލްގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ މި ކައުންސިލުން ހުސްވެފައިވާ މަޤާމުތަކުގެ ތެރޭގައި ހިމެނެނީ އާންމު މެންބަރެއްގެ މަޤާމަކާއި، މީޑިއާތައް ތަމްސީލުކުރާ ދެ މެންބަރުންގެ މަޤާމެވެ.
މި އިންތިހާބުގައި އާންމު މެންބަރުކަމަށް 6 ކެނޑިޑޭޓުން ވަނީ ކުރިމަތިލާފައެވެ. އަދި މީޑިއާތައް ތަމްސީލުކުރާ ދެ މެންބަރުންގެ މަޤާމަށް 3 ކެނޑިޑޭޓުން ކުރިމަތިލާފައިވެއެވެ.
ބެލެވޭ ގޮތުގައި އިތުރު މައްސަލައެއް ދިމާނުވާނަމަ މިއަދު މި އިންތިޚާބުގެ ނަތީޖާ އިއުލާނު ކުރާނެއެވެ.



