- Advertisement -ad image

ނ. މަނަދޫގައި އަމާންވެއްޓެއް ހުޅުވައި، 9 ކުދިން ބަދަލުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސާވިސަސްއިން ނ. މަނަދޫގައި ޤާއިމްކުރި އަމާންވެށި ހުޅުވައިފި އެވެ.

ޖެންޑާރ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހުސްވި އަންގާރަ ދުވަހުގެ ރޭ އަމާންވެށި ހުޅުވާފައިވާ ކަމަށެވެ. އަދި އެތަނަށް ދައުލަތުގެ ބެލުމުގެ ދަށުން ފިޔަވަތީގައި ބަލަހައްޓަމުންދިޔަ 9 ކުއްޖަކު ބަދަލުކޮށްފައިވާ ކަމަށެވެ.

މިހާތަނަށް ރާއްޖޭގެ 5 ސަރަހައްދެއްގައި ޖެންޑާރ މިނިސްޓްރީން ވަނީ ރަސްމީކޮށް އަމަންވެށިތައް ޤާއިމްކޮށްފަ އެވެ. މީގެތެރެއިން މި އަހަރުގެ ތެރޭގައި ރާއްޖޭގެ އިތުރު 3 ސަރަހައްދެއްގައި އަމާންވެށި ޤާއިމް ކުރާނެކަމަށް ޖެންޑާ މިނިސްޓްރީއިން ބުނެއެވެ. މިހާރު ޤާއިމްކޮށްފައި ހުރި އަމާންވެށިތަކަކީ ހއ. ދިއްދޫ އަމާންވެށި، ށ. ފުނަދޫ އަމާންވެށި، ނ. މަނަދޫ އަމާންވެށި، ބ. އޭދަފުށި އަމާންވެށި އަދި ޏ. ފުވައްމުލަކު އަމާންވެއްޓެވެ.

ޖެންޑާރ މިނިސްޓްރީއިން ބުނިގޮތުގައި އަތޮޅުތެރޭގެ އަމާންވެށިތަކަށް ކުދިން ބަދަލު ކުރާއިރު ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި އެކުދިންގެ އާއިލާގެ އެހެން ކުދިންނާއެކު ބަދަލުކުރުމަށް އިސްކަންދޭނެ އެވެ. އަދި ރަށުގައި ދިރިއުޅޭ އެހެން އާއިލާތަކާއި އެކުދިންނާއި ގުޅުން އޮންނާނޭކަމަށް ވެސް ވަނީ ބުނެފަ އެވެ.

ރަށްރަށުގައި އަމާންވެށިތައް ޤާއިމްކުރުމުގެ މަޤްސަދަކީ މާލޭ ސަރަހައްދުގައި ތޮއްޖެހިފައި ހުރި މަރުކަޒުތަކުގައި ކުދިން ގެންގުޅުމުގެ ބަދަލުގައި، އެހެންކުދިންނެކޭ އެއްގޮތަށް މުޖުތަމައު ތެރޭގައި ކުދިން ބޮޑުވުމުގެ ފުރުސަތު ހޯދައިދިނުންކަމަށް ޖެންޑާރ މިނިސްޓްރީއިން ބުނެއެވެ.

މިއަަހަރުގެ އޭޕްރީލްގެ ނިޔަލަށް ޖެންޑާރ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ 103 މައްސަލައެއް ވަނީ ހުށަހަޅާފަ އެވެ. މީގެތެރެއިން 30 މައްސަލައަކީ ޖިންސީ ހާނިކައިގެ މައްސަލަތަކެވެ. ހަމައެހެންމެ ޖިސްމާނީ ހާނިކާގެ 29 މައްސަލަ، އިހްމާލުވުމުގެ 16 މައްސަލަ، ގެވެށި އަނިޔާއެއް ކުރާތަން ދެއްކުން ނުވަތަ ފެނުމުގެ 14 މައްސަލަ، ނަފްސާނީ ހާނިކައިގެ 10 މައްސަލަ އަދި ނަހަމަ ގޮތުގައި ބޭނުންކުރުމުގެ 4 މައްސަލައެއް ވަނީ ހުށަހަޅާފަ އެވެ.

މީގެއިތުރުން ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 31 މައްސަލަ ވަނީ ހުށަހަޅާފަ އެވެ. އަދި 21 އާއިލީ މައްސަލަ ހުށަހަޅާފައި ވާއިރު، ހައްގުތަކުން ކުދިން މަހްރޫމްކުރި 4 މައްސަލައެއް އަދި ކުޑަކުދިންގެ އަހްލާގާއި ގުޅުންހުރި 4 މައްސަލައެއް ވަނީ ހުށަހަޅާފަ އެވެ.

ދައުލަތުގެ ބެލުމުގައި އޭޕްރީލް މަހާއި ހަމައަށް 201 ކުދިން ތިބިކަމަށް ޖެންޑާ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ވަނީ ބުނެފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ