ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އަންނަ މަހު 28 ވެސް ބަންދުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފިއެވެ. މިއީ މިނިވަންކަމަށް 60 އަހަރު ފުރޭ އަހަރު ކަމަށްވުމާއެކު، މިނިވަން ދުވަހާ ގުޅިގެން ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ހަމަޖެހިފައިވާތީ ނިންމި ނިންމުމެކެވެ.
ރައީސް އޮފީހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މިނިވަން ދުވަހުގެ މުނާސަބަތުގައި ބަންދުވާ ޖުލައި 27 ވާ އާދީއްތަ ދުވަހު ބާއްވާ ހަރަކާތްތަކުގެ އިތުރުން، ޖުލައި 28 ވާ ހޯމަ ދުވަހުގެ ޕްރޮގްރާމުގައި ވެސް މުހިންމު ބައެއް ކަންކަން ހިމެނޭތީ އެ ދުވަސް ވެސް ސަރުކާރު ބަންދުކުރަން ނިންމެވީއެވެ.
މި އަހަރުގެ މިނިވަން ދުވަސް (ޖުލައި 26) ވަނީ ހޮނިހިރު ދުވަހަކަށެވެ. އެހެންކަމުން، ސަރުކާރު މުވައްޒަފުންނަށް އެ ހަފުތާގެ ބަންދާ އެކު ޖުމްލަ ހަތަރު ދުވަހުގެ ބަންދެއް ލިބިގެންދާނެއެވެ.



