މި އަހަރުގެ މުދަލު ޒަކާތުގެ ގޮތުގައި ކޮންމެ ފަގީރަކަށް 5،000 ރުފިޔާ ދޫކޮށްފައިވާކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން މިއަދު ހާމަކޮށްފިއެވެ.
މިނިސްޓްރީން މަޢުލޫމާތު ދިން ގޮތުގައި، މި އަހަރު ވެސް ޒަކާތް ބަހާފައިވަނީ ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. މި ދަފްތަރުގައި މިހާތަނަށް 2،852 މީހުން ރަޖިސްޓްރީކޮށްފައިވާ ކަމަށް މިނިސްޓްރީން ފާހަގަކުރިއެވެ.
މި އަހަރު މުދަލު ޒަކާތުގެ ގޮތުގައި ޖުމްލަ 13.2 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު އިތުރު އަދަދެކެވެ. މިދިޔަ އަހަރު ޒަކާތުގެ ގޮތުގައި ބެހީ ބޮލަކަށް 4،000 ރުފިޔާގެ މަގުން 12.7 މިލިއަން ރުފިޔާ ކަމަށް ޒަކާތު ހައުސްގެ ތަފާސްހިސާބުތަކުން ދައްކައެވެ.
އިތުރު ކުރިއެރުމެއްގެ ގޮތުގައި، މި އަހަރަކީ ފިތުރު ޒަކާތުގެ ގޮތުގައި ވެސް މިހާތަނަށް އެންމެ ގިނައިން ފައިސާ ލިބުނު އަހަރުކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ޒަކާތް ބަލައިގަތުމުގެ މުއްދަތު ހަމަވިއިރު މުޅި ރާއްޖެއިން 13،264،819 ރުފިޔާ ލިބިފައިވެއެވެ.
މިނިސްޓްރީން މިދިޔަ މާޗް މަހު ނިންމާފައިވަނީ ފަގީރުންގެ ދަފްތަރުގައި ހިމެނޭ އެންމެންނަށް އެއް ހަމައަކުން ފިތުރު ޒަކާތް ބެހުމަށެވެ.



