އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުތަކުގެ ކެމްޕެއިންނަށް ތައްޔާރުވުމަށް ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޓީމުތަކުން އަތޮޅުތެރެއަށް ފުރައިފިއެވެ.
ޕީއެންސީގެ ލީޑަރޝިޕްގެ ބޭފުޅުން ބުރާސްފަތި ދުވަހު ނ ވެލިދޫއަށް، ހުކުރު ދުވަހު އއ.ތޮއްޑޫއަށް އަދި މިއަދުން ފެށިގެން ހދ. އަތޮޅުގެ ބައެއް ރަށްރަށަށްވެސް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
ޕީއެންސީން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުން ރަށްރަށަށް ކުރައްވާ ދަތުރުތަކުގައި އެ ރަށްރަށުގައި ތިބި ޕާޓީގެ ސްޓިއަރިންގ ކޮމިޓީތަކާއި މެންބަރުންނާއި ބައްދަލުކުރައްވާނެ ކަމަށެވެ.
މިބައްދަލުވުންތަކުގައި ރަށްރަށުގެ ޕާޓިގެ ހަރަކާތްތައް އިންތިޒާމު ކުރުމުގެ އިތުރުން، މެންބަރުންގެ މެދުގައި ގުޅުން ބަދަހިކުރުމާއި ގުޅޭ ގޮތުން މަޝްވަރާތައް ކުރައްވާނެ ކަމަށްވެސް އެ ޕާޓިން ހާމަކުރެއެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އޮންނާނީ އަންނަ އަހަރުގެ މާރޗުމަހުއެވެ.



