ތ. ވިލުފުށީ ބަނދަރުގައި އޮތް ތެޔޮ އުފުލާ އުޅަނދެއްގައި އަލިފާން ރޯވެ، ދެ މީހަކަށް އަނިޔާވި ހާދިސާގައި އެންމެ ބޮޑަށް އަނިޔާވި ފަރާތް އިތުރު ފަރުވާއަށް މާލެ ގެންނަން ނިންމައިފިއެވެ.
މި ހާދިސާގައި އެންމެ ބޮޑަށް އަނިޔާވެފައިވަނީ އުޅަނދުގެ ވެރިފަރާތަށް ކަމަށްވާއިރު، އޭނާގެ ހާލަތު ސީރިއަސްވުމާ ގުޅިގެން އިތުރު ފަރުވާ ހޯދުމަށް މާލެ ގެންދިއުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. މީގެ އިތުރުން އުޅަނދުގައި މަސައްކަތްކުރާ ބިދޭސީއަކަށްވެސް މި ހާދިސާގައި ވަނީ އަނިޔާވެފައެވެ.
މީޑިއާ ރިޕޯޓުތަކުން ހާމަވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ އުޅަނދު ފުރުމަށް އިންޖީނު ޖެއްސުމާ އެކުގައެވެ. އަދި މި ހާދިސާގައި އުޅަނދަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.



