ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލްގައި ކާގޯ އޮފީސް ހިންގުމުގެ ފުރުސަތު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ވަނީ ހުޅުވާލައިފިއެވެ.
އެމްއޭސީއެލުން މިފުރުސަތު ހުޅުވާލާފައިވަނީ ކާގޯ އެއާލައިނެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކާއި، ކަސްޓަމްސްގައި ކާގޯ ބްރޯކަރެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކާއި، ކާގޯ ސޭލްސް އެޖެންޓުންނާއި އަދި ކްލިއަރިންގ އެޖެންޓުންގެ ގޮތުގައި ރަޖިސްޓްރީވެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.
މި ފުރުސަތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 20 ވަނަ ދުވަހުގެ ހެނދުނު 11:30 ގެ ކުރިން tender.macl.aero ޕޯޓަލްގައި ރަޖިސްޓްރީ ވުމަށްފަހު، މި މަހުގެ 30 ގެ ކުރިން ބީލަން ހުށަހަޅަންޖެހޭނެކަމަށް އެމްއޭސީއެލުން ބުނެފައިވެއެވެ.
މިނިވަން ދުވަހާ ދިމާކޮށް، މި މަހުގެ 26 ވަނަ ދުވަހު ރަސްމީކޮށް ހުޅުވުމަށް ތައްޔާރުވަމުންދާ ވީއައިއޭގެ އާ ޓާމިނަލްއާ ގުޅޭ އިތުރު މަޢުލޫމާތު 7981289 ނަންބަރު މެދުވެރިކޮށް ހޯދޭނެ ކަމަށް އެމްއޭސީއެލުން ވަނީ ހާމަކޮށްފައެވެ.



