ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެންޕީޓީ ލޭންޑްސައިޑް މަގުތަކާއި ފެންހިންދާ ނިޒާމުގެ މުހިންމު މަސައްކަތްތަކާ ގުޅިގެން، މި މަހުގެ 21 ވަނަ ދުވަހާ ހަމައަށް އެއާޕޯޓުގެ ޓްރެފިކަށް ބަދަލުތަކެއް އަންނާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މިއަދު ހާމަކޮށްފިއެވެ.
އެމްއޭސީއެލްއިން ދެއްވި މައުލޫމާތުގައިވާ ގޮތުން، މި ބަދަލުތަކުގެ ދަށުން ވެލާނާ އާ ޓާމިނަލް ކުރިމަތީގައި ހުންނަ އާ މަގަށް އާންމު ދެކޮޅު ޓްރެފިކްގެ ދެ ލޭން ރީޑައިރެކްޓް ކުރެވޭނެއެވެ. އަދި ޓެކްސީ ޕިކަޕާއި ވެއިޓިން އޭރިއާތައް ހުޅަނގު ޕާކިންއާ ދިމާލަށް ޕެސެންޖާ ވޯކްވޭ ޝޭޑްގެ އައްސޭރިއަށް ބަދަލުކުރެވޭނެއެވެ.
މީގެއިތުރުން، ޓެކްސީ ޑްރޮޕް އޮފް ޕޮއިންޓްތަކާއި އެމްޓީސީސީ ޕިކަޕް/ޑްރޮޕް އޮފް ޕޮއިންޓްތައް އެއްވަރެއްގައި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެމްއޭސީއެލްގެ އެތެރޭގެ ބަސްތައް ވޯކްވޭ ޝެޑް ކައިރިން ފަސިންޖަރުން އުފުލުމަށް ހަމަޖެހިފައިވާއިރު، އުތުރާއި ދެކުނުގެ ޓްރެފިކަށް ޔޫޓާން ހެދުމުގެ ހުއްދަ ދެވޭނީ ހަމައެކަނި ޕޮލިސް ޗެކްޕޯސްޓް ސަރަހައްދުގައި ކަމަށް އެމްއޭސީއެލްއިން ވަނީ އިއުލާނުކުރައްވާފައެވެ.



