- Advertisement -ad image

މާފަންނު ގެއެއްގެ މަތިން 12 އަހަރު ކުއްޖަކު ވެއްޓިގެން ފުލުހުން ހަރަކާތްތެރިވަނީ

ad image

ގުޅުންހުރި ލިޔުންތައް

މާފަންނު ގެއެއްގެ މަތިން 12 އަހަރުގެ ފިރިހެން ކުއްޖަކު ވެއްޓިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.

ފުލުހުންގެ އިދާރާއިން ބުނީ މާފަންނު ގެއެއްގެ މަތިން 12 އަހަރުގެ ފިރިހެން ކުއްޖަކު ވެއްޓިފައިވާ ކަމަށް މިރޭ 20:31 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި ވެއްޓުނު ކަމަށް ބުނާ ކުއްޖާ ފެންނަން ނެތުމުން ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ފުލުހުން ހާމަކުރެއެވެ. މި ކުއްޖާ ވެއްޓިފައިވަނީ އެ ގޭ ހަތަރު ވަނަ ފަންގިފިލާއިން ކަމަށްވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.
ފުލުހުން ބުނީ ވެއްޓުނު ކަމަށް ބުނާ ކުއްޖާ 21:47 ގައި ގެއަށް އައިސްފައިވާ ކަމަށް ކުއްޖާގެ އާއިލަާއިން މައުލޫމާތުދީފައިވަަ ކަމަށެވެ. މިމައްސަލަ އާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ