ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމަށް 2024 ވަނަ އަހަރުގެ ބަޖެޓުގައި ވެސް އެއް ބިލިއަން ރުފިޔާ ކަނޑައަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރައްވައިފިއެވެ. މިކަން ރައީސް އިއުލާނު ކުރެއްވީ ނ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު މާފަރަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހުއެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި 2026 ވަނަ އަހަރުގެ ބަޖެޓުގެ “ނިއު ޕޮލިސީ އިނީޝިއޭޓިވްސް” ގެ ދަށުން ބޯހިޔާވަހިކަމަށް އެއް ބިލިއަން ރުފިޔާ ކަނޑައެޅިގެންދާނެއެވެ. އަދި މި މަޝްރޫއުގެ ދަށުން މާފަރުގައިވެސް ބޯހިޔާވަހިކަމުގެ މަޝްރޫއެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.
މިއަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމަށް ޚާއްސަ އަހައްމިއްޔަތެއް ދެވިފައިވާއިރު، ގެދޮރުވެރިކަމުގެ ލޯނު ސްކީމާއި ގެދޮރު އެޅުމަށް 1.5 ބިލިއަން ރުފިޔާ ހިމެނޭގޮތަށް ޖުމުލަ 2.5 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅުއްވާފައެވެ.



