- Advertisement -ad image

ކައުންސިލްތަކާއެކު ބޭއްވުނު ބައްދަލުވުންތަކުގެ ޒަރީއާއިން ކައުންސިލުތަކަށް އެންމެ ދަތިވާ ކަންކަން ދެނެގަނެވިއްޖެ: ރައީސް

ad image

ގުޅުންހުރި ލިޔުންތައް

ކައުންސިލްތަކާއެކު ބޭއްވުނު ބައްދަލުވުންތަކުގެ ޒަރީއާއިން ކައުންސިލުތަކަށް އެންމެ ދަތިވާ ކަންކަން ދެނެގަނެވިފައިވާ ކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. ވިއަވަތި ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ހުރިހާ ކައުންސިލުތަކަށް ވެސް ކުރިމަތިވަނީ ދާދީ އެއްކަހަލަ ގޮންޖެހުންތަކެއްކަން ބައެއް މިސާލާއެކު ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

އެ ގޮންޖެހުންތަކަށް ޙައްލުހޯއްދެވުމަށް މަސައްކަތްކުރައްވާއިރު އޭގެ ތެރޭގައި ސަރުކާރުން އިޞްލާހު ކުރަންޖެހޭ ކަންކަމާއި ކައުންސިލުތަކުން އިޞްލާޙުކުރަންޖެހޭ ކަންކަން ހިމެނޭނެކަން ފާހަގަކުރެއްވިއެވެ. އަދި ވިއަވަތި ކޮންފަރެންސް ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީވެސް ސަރުކާރާ ކައުންސިލުތައް އެއްމޭޒުވެ މިކަންކަމަށް ޙައްލު ހޯދޭނެގޮތެއް ހޯއްދެވުންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކައުންސިލްތަކަށް މާލީ ބާރުވެރިކަންދިނުމާއި ކައުންސިލްތަކުގެ އިޙްތިޞާސް ކަނޑައެޅުމާއި ކައުންސިލްތަކުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްޞަކުރުމާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތައް ރައްޔިތުންގެ ވޯޓުން އިންތިޚާބު ކުރެވޭ މަޤާމުތަކަށް ބަދަލުކުރުން ފަދަ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް މި ސަރުކާރުން ގެންނެވި ބައެއް ބަދަލުތައް ފާހަގަކުރެއްވިއެވެ.

ހަމަ އެހެންމެ، ފެންވަރު ރަނގަޅު ތަޢުލީމާއި ޓާޝަރީ ފެންވަރުގެ ޞިއްޙީ ފަރުވާއާއި ރާއްޖެ ޓްރާންސްޕޯރޓް ލިންކުން ގުޅައިލުންފަދަ މި ސަރުކާރުގެ ތަރައްޤީގެ އެންމެހާ ކަންކަމާއި ސިޔާސަތުތައް ގުޅެނީ ލާމަރުކަޒީ ނިޒާމާކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ހަމަ އެހެންމެ، ސަރުކާރުން ހިންގާ ހުރިހާ މަޝްރޫޢެއް ލާމަރުކަޒީ ނިޒާމާ ގުޅުވާލުމުގެ އެއް ބޭނުމަކީ ރާއްޖޭގެ ހުރިހާ ރަށެއް ކުރިއަރާ ، ތަނަވަސްވާނެ ގޮތެއް ހޯދުން ކަމަށާއި ދެވަނަ ބޭނުމަކީ ، މާލޭގައި އޮތް ތޮއްޖެހުމަށް ލުއިކަމެއް ގެނެސްދީ މާލެ ހިތްފަސޭހަ ތަނަކަށް ހެދުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން ގުޅީފަޅަށް ރާއްޖޭގެ މައި ވިޔަފާރި ބަނދަރު ބަދަލުކުރުމާއި ދެންވެސް މާލެ ސަރަޙައްދަށް ސަރުކާރުން ގެންނަ ބަދަލުތަކަށް އިޝާރާތްކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މުޅި ރާއްޖެ ލާމަރުކަޒު ވާއިރު ، މާލެއަށް ގެންނަ ބަދަލަކީ ތޮއްޖެހުންކުޑަކުރުމާއި އަދި އިޖްތިމާޢީ ދުޅަހެޔޮ ކަމާއި އިޤްތިޞޯދީ ވެށި ތަނަވަސް ކުރުމުގެ ބަދަލެއް ކަމުގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ