- Advertisement -ad image

ގޭންގް ކުށްތަކާއި މަސްތުވާތަކެތީގެ މައްސަލަތަކުގައި ސިޔާސީ ނިޔަތް އޮވޭ: ރައީސް

ad image

ގުޅުންހުރި ލިޔުންތައް

ގޭންގް ކުށްތަކާއި މަސްތުވާތަކެތީގެ މައްސަލަތަކަކީ އޭގެ ފަހަތުގައި ސިޔާސީ ނިޔަތާއި މާލީ މަންފާ ހުންނަ ކަންކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. ވިއަވަތި ކޮންފަރެންސްގައި މިއަދު ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިއަދު ފެށުނު އެ ކޮންފަރެންސްގެ ތެރެއިން މިފަދަ އިޖުތިމާއީ ގިނަ މައްސަލަތަކަކަށް ހައްލު ހޯދޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެވޭނެ ކަމަށެވެ.

އިޖުތިމާއީ ގޮތުން ހުރި މައްސަލަތަކުގެ ތެރެއިން އެންމެ ގޮންޖެހުންބޮޑު އަދި އަވަސް ހައްލުތަކެއް ބޭނުންވާ މައްސަލަތަކަކީ މަސްތުވާތަކެއްޗާއި، ގޭންގު ކުށްތައް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިދެމައްސަލައަކީވެސް ގުޅިފައިވާ އެއްބާވަތެއްގެ ދެމައްސަލަކަމަށާއި މަސްތުވާ ތަކެެތީގެ މައްސަލައާއި ގޭން ކުށްތަކަކީވެސް އޭގައި މާލީ މަންފާއާއި، ސިޔާސީ ނިޔަތްވެސް އޮތް ދެމައްސަލަ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ. 

ވިއަވަތި ރާއްޖެ ކޮންފަރެންސް ކުރިޔަށްގެންދިއުމަށް ހަމަޖެހިފައި ވަނީ 3 ސަރަޙައްދަކަށް ބަހާލައިގެން ކޮންމެ ސިޓީ ކައުންސިލަކާއި އަތޮޅު ކައުންސިލަކާއި ރަށު ކައުންސިލަކާއި އ.ތ.މ ކޮމެޓީ ބައިވެރިވާގޮތަށެވެ. މިގޮތުން މި އަހަރު ބާއްވާ ފުރަތަމަ ކޮންފަރެންސް އަކީ މެދުރާއްޖެތެރޭގެ އަތޮޅު ތަކަށް އަމާޒުކޮށް އ.އ އުކުޅަހުގައި ފެށި ކޮންފަރެންސްއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ