- Advertisement -ad image

މައްކާގައި، ސެޕްޓެމްބަރު މަހު އޮންނަ ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި

ad image

ގުޅުންހުރި ލިޔުންތައް

މިއަހަރުގެ ސެޕްޓެމްބަރު މަހު 10އިން 21 އަށް ސައުދީ އަރަބިއްޔާގެ މައްކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ’42 ވަނަ ކިންގް އަބްދުލްއަޒީޒް އިންޓަރނޭޝަނަލް ކޮމްޕެޓިޝަން އޮފް ދަ ހޮލީ ޤުރުއާން’ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖެއަށް ލިބިފައިވާތީ ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ވަނަވަރު ހުށަހަޅަން ގުރުއާނާ ބެހޭ މަރުކަޒުން ހުޅުވާލައިފިއެވެ.

ކީރިތި ގުރުއާނާ ބެހޭ މަރުކަޒުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މި މުބާރާތުގައި ހިމެނޭ ގޮފިތަކުން 4 ގޮތްޕެއްގައި ރާއްޖެއިން ބައިވެރިވާގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ރާއްޖެއިން ބައިވެރިވާ ގޮފިތަކަކީ:

. 1 ގުރުއާން އެއްކޮށް ހިފްޒްކޮށްފައިވުމާއެކު، ރިވާޔަތާއި ދިޔާރަތާއެކު ސާތިބިއްޔާ އާއި ތައިސީރުގެ މަގުން ތަވާތުރުވެގެންވާ 7 ގިރާއަތަށް ކީރިތި ގުރުއާން ތަޖުވީދުގެ މަގަށް ކިޔަވަން އެނގުން.

2. މުޅި ގުރުއާން އެއްކޮށް ހިތުދަސްވެފައިވުމާއެކު ގުރުއާނުގެ މުފުރަދާތުތަކުގެ ތަފްސީރު އެނގުން

3. މުޅި ގުރުއާން ހިތުދަސްކޮށްފައިވުމާއެކު ގުރުއާން ތަޖުވީފު މަގަށް ކިޔަވަން އެނގުން

4. ވިދިވިދިގެން ތަރުތީބުން 15 ފޮތް ހިތުދަސްކޮށްފައިވުމާއެކު ތަޖުވީދު މަގުން ކިޔެވުމުގެ ގޮފި ކަމަށް އެ މަރުކަޒުން ހާމަކުރެއެވެ. މި މުބާރާތުގެ ޝަރުތުތަކުގެ ތެރޭގައި ފިރިހެނަކުކަމުގައިވާން ޖެހޭއިރު އުމުރުން 25 އަހަރުން ދަށުގެ މީހަކަށް ވާންޖެހެއެވެ. އަދި މީގެ ކުރިން އަހަރެއްގައި މި މުބާރާތުގައި ބައިވެރިވެފައިނުވާ މީހަކަށްވެސް ވާންޖެހެއެވެ.

މިމުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ޖޫން 13 ވަނަ ދުވަހުގެ ކުރިން ސިޓީ އާއި ވަނަވަރު އަދި ޝަރުތު ހަމަވާކަމުގެ ލިޔުންތައް އެ މަރުކަޒަށް ހުށަހެޅުމަށް އެދިފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ