އިޖުތިމާއީ އަހުލާގިއްޔަތާއި ދުރަށް ގައުމު ދިއުމަކީ މުޅި ގައުމަށް ލިބޭނެ އެންމެ ބޮޑު ދެރަ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޝަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެއަށްވުރެ ވަކި ބޮޑު ގެއްލުމެއް ނުވެސް އޮންނާނެ ކަމަށެވެ. ޝަހީމް މިގޮތަށް ޓުވީޓު ކުރައްވާފައި މިވަނީ ވަރަށް ފާޅުކަން ބޮޑުގޮތެއްގައި ހިންގާ ޓެލެގްރާމް ގުރޫޕެއް ދާދި ފަހުން ރާއްޖޭގައި ބަންދުވެސް ކޮށްފައި ވަނިކޮށެވެ.
ބަރަހަނާ ވެބްސައިޓްތައްވެސް ފުލުހުން އެކި ފަހަރު މަތިން ވަނީ ބަންދުކޮށްފައެވެ. އަދި ފޭސްބުކް މެދުވެރިކޮށްވެސް މިފަދަ ފާހިޝް އަމަލުތައް ކުރުމަށް ބޭނުންކުރާ އާލަތްތައް ވިއްކާތަން ބައެއް ފަހަރު ފެނެއެވެ.