ބ. ކަމަދޫގައި ސީޕްލޭންގެ ޚިދުމަތް ފެށުމަށްޓަކައި މޯލްޑިވިއަން އާއި ހޯކްސްއާ ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކަމަދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ރައީސް ވިދާޅުވެފައިވަނީ ސީޕްލޭންގެ ޚިދުމަތް ފެށިގެން ދިއުމަކީ ލޯކަލް ޓޫރިޒަމް އެހާ ބޮޑަށް ތަރައްޤީވެފައިވާ ކަމަދޫއަށް ވަރަށް ބޮޑު ފައިދާއެއް ކުރާނެ ކަމެއް ކަމަށެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވެފައިވަނީ ކަމަދޫގެ އިޤްތިޞާދީ ތަރައްޤީއަށް ސަރުކާރުން ވަރަށް ބޮޑު ސަމާލުކަމެއް ދެއްވާ ކަމަށެވެ. އަދި މީގެ ކުރިން އަތޮޅުގެ ތަރައްޤީގައި ކަމަދޫ އޮންނަ ތަފާތުކުރުން ނައްތާލައި، ހަމަހަމަކަމާއެކު ތަރައްޤީ ގެނެސްދިނުމުގެ ސިޔާސަތެއް ތަންފީޒުކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
މީގެއިތުރުން، ކަމަދޫގެ ސިއްޙީ މަރުކަޒުގެ ފެންވަރު ރަނގަޅުކުރުމަށް ސެޕްޓެމްބަރު މަހުގެ ތެރޭގައި އެއްބަސްވުމެއްގައި ސޮއިކުރެވޭނެ ކަމަށާއި، މި އަހަރު ނިމުމުގެ ކުރިން މަޝްރޫޢުގެ މަސައްކަތް ފެށިގެންދާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.



