އިދިކޮޅު ފަރާތްތަކުން ހުޅުމާލޭގައި މިރޭ ކުރިއަށް ގެންދާ އިންޑިއާ އައުޓް ހަރަކާތުން ތިން މީހުން ހައްޔަރުކޮށްފިއެވެ. އިދިކޮޅު ފަރާތްތަކުން މިރޭ މުޒާހަރާ ކުރަމުންދަނީ ދިވެހިރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު ދިރިއުޅުއްވާ ގެކޮޅު ކައިރީގައެވެ.
މި އެއްވުމުގައި އިދިކޮޅު ފަރާތްތަކުން ގޮވަމުންދަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށާއި ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް އިންޑިއާއިން އަތް ބޭނުން ހުއްޓައިލުމަށެވެ. މި ހަރަކާތުގެ ތެރެއިން މިރޭ ހުޅުމާލޭގައި ބާއްވާ މުޒާހަރާގެ ބައިވެރިން މިހާރު ތިބީ އިންޑިއާ ސަފީރު ދިރިއުޅުއްވާ އަމީން އެވެނިއުގެ ކުރިމަތީގައެވެ.
އެސަރަހައްދުގައި ބެރިކޭޑް ޖަހައިގެން ގިނަ އަދަދެއްގެ ފުލުހުންވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.