މާލޭގެ މަގުތަކުގައި އާންމުންނަށް ދަތިވާގޮތަށް ދޫކޮށްލާފައި ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތުގެ ދަށުން އިއްޔެ އެކަނިވެސް 208 އުޅަނދު ނަގާފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދީފިއެވެ. މީގެ ތެރޭގައި ހިމެނެނީ 168 ދެފުރޮޅުލީ އުޅަނދާއި 40 ހަތަރުފުރޮޅުލީ އުޅަނދެވެ.
މާލޭގެ މަގުތަކުގައި އިތުރުވަމުންދާ ޕާކިންގ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން މި މަސައްކަތް ކުރިއަށްދަނީ ދިވެހި ފުލުހުންގެ ޚިދުމަތާއި، މާލެ ސިޓީ ކައުންސިލް އަދި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ ބެހޭ ވުޒާރާ ގުޅިގެންނެވެ.
ފުލުހުންގެ ޚިދުމަތުން ބުނާ ގޮތުގައި މިއީ މާލޭގެ މަގުތަކަކީ އެންމެންނަށް ރައްކާތެރި އަދި ހިތްފަސޭހަ ތަނަކަށް ހެދުމަށް ކުރެވޭ މަސައްކަތެކެވެ. އަދި މި މަސައްކަތް ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައިވެސް ކުރިއަށްދާ ކަމަށް ފުލުހުން މަޢުލޫމާތު ދެއްވިއެވެ.



