Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ޤައުމީ ދުވަސް ފާހަގަކުރަމުންދާއިރު ކޮންމެ ދިވެހި ރައްޔިތަކުވެސް އަޒުމު އައު ކުރަންވީ ޤައުމިއްޔަތު އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް: ރައީސް

ad image

ގުޅުންހުރި ލިޔުންތައް

ޤައުމީ ދުވަސް ފާހަގަކުރަމުންދާއިރު ކޮންމެ ދިވެހި ރައްޔިތަކުވެސް އަޒުމު އައު ކުރަންވީ ޤައުމިއްޔަތު އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ ޒިންމާ އަދާކުރުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ހއ. އުތީމުގައި ބޭއްވި ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، 500 އެއްހައި އަހަރު ވަންދެން ޤައުމުގެ ތަރިކައެއް ކަމަށްވާ އުތީމު ގަނޑުވަރު ބެލެހެއްޓެވުމުގައި އުތީމު ރައްޔިތުން ކޮށްދެއްވާ ބުރަ މަސައްކަތަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ޝަރަފުގެ އަދި ހިއްވަރު ދިނުމުގެ އިނާމު ލިބިވަޑައިގަތް ފަރާތްތަކަށް މަރުޙަބާ ދަންނަވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ ޤައުމީ ދުވަސް ފާހަގަކުރަމުންދާއިރު މިއަދު އެންމެ އިސްކަމެއް ދޭންޖެހެނީ ކުރިއަށް އޮތް ޖީލަށް ޤައުމިއްޔަތު ފޯރުކޮށްދިނުމުގެ މަސައްކަތަށް ކަމަށެވެ. އެގޮތުން އިހުގެ އަބްޠާލުންގެ ޤުރުބާނީއާއެކު ހޯދައިދެއްވާފައިވާ ޤައުމުގެ ދިވެހި ވަންތަކަން ކުރިއަށް އޮތް ޖީލުތަކަށް ފޯރުކޮށްދޭން ތިބީ އަދުގެ ޒުވާނުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

“ސަރުކާރުތަކަށް ކުރެވޭކަންކަން ސަރުކާރުތަކުން ކުރާނެ. ތަރައްޤީގެ މަސައްކަތް ކުރާނެ. ނަމަވެސް ހަޤީޤީ ކުރިއެރުމަކީ ކޮންމެ މީހަކު ކުރަން އޮތް ކަމެއް. އަޅުގަނޑުމެންގެ ސިކުނޑި ތަރައްޤީކުރަންޖެހެނީ. އަޅުގަނޑުމެންގެ ހިތުގައި އޮތް ޤައުމީއްޔަތު އަލާކޮށް ތަރައްޤީކޮށް ކުރިއަށް އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ ކުރަން އޮތް އެންމެ މުހިންމު ކަންކަން. އޭރު ޤައުމު ޤައުމެއްގެ ގޮތުގައި ކުރިއަށްދާނީ” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ މިހާރު ފެންނަމުންދާ ބައެއް ކަންބޮޑުވުންތަކާ މެދުވެސް ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ޚިޔާލު ފާޅުކުރުމުގެ ނަމުގައި އަބުރަށް އަރައިގަތުމާއި، އެކަކު އަނެކަކުގެ ހައްޤުތަކަށް އަރައިގަތުން ފަދަ ކަންކަން ހުއްޓުވަން ޖެހޭކަން ފާހަގަކުރައްވާފައިވެއެވެ. އަދި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއެކު ކޮންމެ ކަމެއްވެސް އޮންނަންޖެހެނީ ވަކި ޚުދޫދެއްގެ ތެރޭގައިކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ