- Advertisement -ad image

ރައީސް ޔާމީންގެ މައްސަލަ ޖޭއެސްސީން ފުލުހަށް ހުށަހަޅައިފި

ad image

ގުޅުންހުރި ލިޔުންތައް

ކުރީގެ ރައީސް އަބްދުالله ޔާމީންގެ މައްސަލައެއް ޖުޑީޝަލް ސާރވިސް ކޮމިޝަނުން ފުލުހަށް ހުށަހަޅައިފިއެވެ. އެގޮތުން ޖޭއެސްސީން ފުލުހަށް ހުށަހަޅާފައިވަނީ މާލެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ވިލިމާލެ ދާއިރާގެ ބައި އިލެކްޝަންގައި ޕީޕީއެމްގެ ކެންޑިޑޭޓް ނާޒިމާގެ ކެމްޕެއިން ޖަލްސާގައި ދެއްކެވި ވާހަކަފުޅަކާއި ގުޅިގެންނެވެ.

އެ ޖަލްސާގައި ރައީސް ޔާމީން ވިދާޅުވެފައިވަނީ އެމަނިކުފާނުގެ މައްޗަށް ހުކުމްކުރެއްވި ބެންޗުގެ އިސް ޤާޟީއެއްގެ ގޮތުގައި އިންނެވި އަލީ ރަޝީދު ހުސައިނަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ދީފައިވަނީ ރައީސް ޔާމީންގެ މައްޗަށް ހުކުމް ކުރެއްވުމުގެ ބަދަލެއްގެ ގޮތުގައި ކަމަށެވެ.

ބައެއް މީޑިއާތަކަށް މައުލޫމާތުދެމުން ޖޭއެސްސީގެ މީޑިއާ އޮފިޝަލު ވިދާޅުވެފައިވަނީ، ރައީސް ޔާމީންގެ އެ ވާހަކަފުޅާއި ގުޅިގެން އެ މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އަދި އެއީ އެއްވެސް ޕްލެޓުފޯމެއްގައި ފަނޑިޔާރަކަށް އިންޒާރެއް ދީފިނަމަ އާންމުކޮށްވެސް އެ ކޮމިޝަނުން އަމަލުކުރާ ގޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

ވެރިކަން ލިބިއްޖެ ނަމަ ޝަރުޢީ ނިޒާމަށް ނުފޫޒު ފޯރުވައި، ކޯޓުތަކުގެ ޙުރުމަތް ކަނޑާލައި، ފަނޑިޔާރުންނާއި މުއައްސަސާތަކުގެ ވެރިންނާއި ސިޔާސީ ލީޑަރުންނާއި އާންމު ރައްޔިތުން ދިގުމުއްދަތައް ޖަލައް ލާނެކަމަށް ދޭހަވާ ފަދައިން ރައީސް ޔާމީން ވާހަކަފުޅު ދެއްކެވި ކަމަށް ތުހުމަތުކޮށް އެވާހަހަކަތައް ފުލުހުންނާއި ކަމާބެހޭފަރާތްތަކުން ތަޙުޤީޤުކޮށް އަޅަންޖެހޭ ފިޔަވަޅެއް އެޅުމަށް ރައީސް މައުމޫނުގެ ޕާޓީންވެސް ވަނީ ގޮވާލާފައެވެ…

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ