- Advertisement -ad image

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބަޖެޓް ބޮޑުކުރަން މަސައްކަތް ކުރާނަން: ރައީސް

ad image

ގުޅުންހުރި ލިޔުންތައް

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއަށް ދޫކުރާ ބަޖެޓް މިހާރަށްވުރެ ބޮޑުކުރުމަށާއި އެކޮމެޓީ މިހާރަށްވުރެ ހަރަކާތްތެރި ކޮމެޓީއަކަށް ހެދުމަށް މަސައްކަތްކޮށްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އުކުޅަހުގައި ކުރިޔަށްދިޔަ ވިއަވަތި ރާއްޖޭގެ ދެވަނަ ކޮންފަރެންސްގެ އެންމެ ފަހު ސެޝަނުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި ކޮންފަރެންސްގައި ކައުންސިލު ރައީސުންނާއި އަދި އ.ތ.މ ކޮމެޓީގެ ރައީސުން ފާހަގަކުރެއްވި ކަންކަމަށް ބަލާއިރު މައިގަނޑު ގޮތެއްގައި ހުރިހާ ފަރާތްތަކުންވެސް ފާހަގަކުރީ މާލީ ފުދުންތެރިކަން އިތުރުކުރުމުގެ ވާހަކަތައް ކަމުގައެވެ. އަދި މާލީ ބާރުވެރިކަން އިތުރުކޮށް މިހާރަށްވުރެ ބޮޑު ބަޖެޓެއް ދިނުމުގައި މުޅި ދައުލަތުގެ އާންމުދަނީ ބަލަންޖެހޭ ކަމަށާއި އެހެންކަމުން އެކަމުގައި ކުރިޔަށްދާނެ ގޮތަކާމެދު ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރައްވާނެކަމުގައި ވިދާޅުވިއެވެ.

ދެ ދެދުވަހުގެ މުއްދަތަށް އުކުޅަހުގައި ކުރިޔަށްގެންދިޔަ ވިއަވަތި ކޮންފަރެންސް 2 މިއަދު ނިންމާލާފައިވާއިރު މި ކޮންފަރެންސް އަމާޒުކޮށްފައި ވަނީ މެދުރާއްޖެ ތެރޭގެ އަތޮޅުތަކަށެވެ. ފުރަތަމަ ބޭއްވި ވިއަވަތި ރާއްޖެ ކޮންފަރެންސާ ޚިލާފަށް މިފަހަރު ކޮންފަރެންސް ކުރިޔަށްގެންދަނީ ރާއްޖެ 3 ސަރަޙައްދަކަށް ބަހާލައިގެންނެވެ. އަދި ކުރީގެ ކޮންފަރެންސާ ޚިލާފަށް މިއަހަރުގެ ކޮންފަރެންސްގައި އ.ތ.މ ކޮމެޓީގެ ރައީސުންވެސް ބައިވެރިވެވަޑައިގަތެވެ. މިއަހަރުގެ ފުރަތަމަ ކޮންފަރެންސް އަކީ މެދުރާއްޖެތެރޭގެ އަތޮޅު ތަކަށް އަމާޒުކޮށް އ.އ އުކުޅަހުގައި ބޭއްވި ކޮންފަރެންސްއެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ