ވިލިމާލެ ހޮސްޕިޓަލުން ކުޑަކުދިންތަކަކަށް މުއްދަތު ހަމަވެފައިވާ ވެކްސިން ދިން މައްސަލައިގާ މުވައްޒަފުންތަކެއް ސަސްޕެންޑުކޮށްފިއެވެ.
ވިލިމާލެ ހޮސްޕިޓަލް ހިންގަމުން އަންނަނީ އައިޖީއެމް ހޮސްޕިޓަލުގެ ދަށުންނެވެ.
އެ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މުއްދަތު ހަމަވެފައި ހުރި ވެކްސިންތަކެއް ވިލިމާލެ ހޮސްޕިޓަލުގައި ތުއްތު ކުދިން ގަޔަށް ޖަހާފައިވާ މައްސަލަ ވަނީ ހޮސްޕިޓަލުގެ ސަމާލުކަމަށް އައިސްފައި ކަމަށެވެ. އެހެންކަމުން މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި އެ ހޮސްޕިޓަލުންނާއި ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ދަނީ ތަހުގީގު ކުރަމުން ކަމަށްވެސް ބުނެފައިވެއެވެ
އަދި މިމައްސަލާގައި އިހުމާލުވާ ފަރާތްތަކާއި މެދު އަޅަންޖެހޭ ފިޔަވަޅު އަޅާ މިފަދަ ކަމެއް ކުރިމަގުގައި ތަކުރާރު ނުވާނެކަން ކަށަވަރު ކުރުމަށްޓަކައި އަޅަންޖެހޭ އެންމެހާ ފިޔަވަޅެއް އަޅާނެ ކަމުގެ ޔަގީންކަން ދޭ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.