ހުޅުމާލޭގައި ހުންނަ ރަށު މާރުކޭޓުން ފަސް ގޮޅި ކުއްޔަށް ދޫކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފިއެވެ.
އެޗްޑީސީން ނެރުނު އިއުލާނުގައި ބުނެފައިވާ ގޮތުން، ކުއްޔަށް ދޫކުރާ ކޮންމެ ގޮޅިއެއްގެ ބޮޑުމިނަކީ 73.33 އަކަފޫޓެވެ. މި ގޮޅިތައް ކުއްޔަށް ދޫކުރެވޭނީ ދެ އަހަރު ދުވަހުގެ މުއްދަތަށެވެ.
ގޮޅިތަކުގެ މަހު ކުލީގެ ގޮތުގައި ކަނޑައަޅާފައިވަނީ 7,500 ރުފިޔާއެވެ. އަދި ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި 22,500 ރުފިޔާ ބަހައްޓަން ޖެހޭނެއެވެ.
މި ފުރުސަތަށް ޝައުގުވެރިވާ ފަރާތްތަކަށް މި މަހުގެ 23 ވަނަ ދުވަހުގެ 15:30 ގެ ނިޔަލަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެއެވެ. އަދި ކުރިމަތިލާ ފަރާތްތަކުގެ މެދުގައި ގުރުއަތުލުން އޮންނާނީ އޮކްޓޫބަރު 16 ވަނަ ދުވަހުގެ ހެނދުނުއެވެ.
މި ފުރުސަތަށް އެދި ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ފޯމު ލިބެން ހުންނާނީ އެޗްޑީސީގެ ވެބްސައިޓުންނެވެ.
މި ގޮޅިތައް ކުއްޔަށް ދޫކުރުމަކީ ހުޅުމާލޭގެ ވިޔަފާރި މާހައުލު އިތުރަށް ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.