އެޑިޔުކޭޝަން މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު، ޞަލާޙުއްދީން ސްކޫލް، ކާމިލްދީދީ ޕްރައިމަރީ ސްކޫލް އަދި ހުރަވީ ސްކޫލްގެ މުދައްރިސުންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުން ބާއްވާފައިވަނީ ޞަލާޙުއްދީން ސްކޫލްގައެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ ޝަފީޢު، މުދައްރިސުންގެ އަގުހުރި ޚިދުމަތަށް ޝުކުރު އަދާކުރައްވައި، އެޑިޔުކޭޝަން މިނިސްޓްރީން ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކުގެ މަޢުލޫމާތު މުދައްރިސުންނާ ހިއްސާކުރެއްވިއެވެ. އަދި މުދައްރިސުންގެ ނަފްސާނީ ދުޅަހެޔޮކަމާއި ފަންނީ ތަރައްޤީއަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.
މީގެއިތުރުން، ތަޢުލީމީ ޕޮލިސީތަކާއި ކަރިކިއުލަމް ތަންފީޒުކުރުމުގައި މުދައްރިސުންނަށް ދިމާވާ ގޮންޖެހުންތައް އޮޅުންފިލުއްވައި، އެކަންކަން ހައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މުދައްރިސުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވިއެވެ.
މިނިސްޓަރ ޝަފީޢުގެ އިތުރުން މި ބައްދަލުވުމުގައި އެޑިޔުކޭޝަން މިނިސްޓްރީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި މުދައްރިސުންނަށް ދިމާވާ ދަތިތަކާއި ގޮންޖެހުންތައް ހައްލުކުރުމަށް މިނިސްޓްރީން އަޅަމުންދާ ފިޔަވަޅުތަކުގެ މަޢުލޫމާތުވެސް ހިއްސާކުރެވުނެވެ.