- Advertisement -ad image

ރައީސްގެ ހާއްސަ ސްކޮލަރޝިޕް އަދި ހައި އެޗީވާސް ސްކޮލަރޝިޕަށް ކުރިމަތިލާން ހުޅުވާލައިފި

ad image

ގުޅުންހުރި ލިޔުންތައް


މިދިޔަ 2021 ވަނަ އަހަރު މަތީ ސާނަވީ އިމްތިހާނު ނިންމާ ދަރިވަރުންގެ ތެރެއިން ރައީސުލް ޖުމްހޫރިއްޔާގެ ޚާއްސަ ސްކޮލަރޝިޕް ލިބޭދަރިވަރުންނަށާއި ހައި އެޗީވަރސް ސްކޮލަރޝިޕްލިބޭ ދަރިވަރުންނަށް ސްކޮލަރޝިޕަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

އެގޮތުން މިދިޔަ އަހަރު މަތީ ސާނަވީ އިމްތިހާނު ނިންމި ދަރިވަރުންގެ ތެރެއިން ރައީސުލް ޖުމްހޫރިއްޔާގެ ޚާއްސަ ސްކޮލަރޝިޕް ލިބޭދަރިވަރުން އެޕްލިކޭޝަން ފޯމް ހުށަހެޅުމަށް ހުޅުވާލާފައިވަނީ މިއަދުއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕަށް ހޮވޭ ދަރިވަރުންނަކީ ދިވެހިރާއްޖޭގެ ސްކޫލް މަދްރަސާތަކުން މަތީ ސާނަވީ އިމްތިޙާނު ނިންމާ ދަރިވަރުންގެ ތެރެއިން ޖީ.ސީ.ސީ އޭ ލެވެލްގެ 3 މާއްދާއިންނާއި އެޗް.އެސް.ސީ ގެ ދިވެހި، އިސްލާމް މި ދެމާއްދާއިން “އޭ” ހާޞިލްކޮށްފައިވާ ވުން ނުވަތަ ރާއްޖޭގައި ޢަރަބި މީޑިއަމަށް ކިޔަވައިދޭ ސްކޫލް، މަދަރުސާ އަކުން ޝަހާދާ ސާނަވީ ނިންމައި ހުރިހާ މާއްދާއަކުން “އޭ” ހާޞިލުކޮށްފައިވާ ދަރިވަރުންނެވެ. މި ދަރިވަރުން ބޭނުން ދާއިރާއަކުން ބޭނުން ޤައުމެއްގައި ފުރަތަމަ ޑިގްރީ ފުރިހަމަ ކުރުމުގެ ޚަރަދު ސަރުކާރުން ހަމަޖައްސައި ދޭނެއެވެ.

ހައި އެޗީވަރސް ސްކޮލަރޝިޕަށް ހޮވޭ ދަރިވަރުންނަކީ ދިވެހިރާއްޖޭގެ ސްކޫލް މަދްރަސާތަކުން މަތީ ސާނަވީ އިމްތިޙާނު ނިންމާ ދަރިވަރުންގެ ތެރެއިން ޖީ.ސީ.ސީ އޭ ލެވެލްގެ 3 މާއްދާއިންނާއި އެޗް.އެސް.ސީ ގެ ދިވެހި، އިސްލާމް މި ދެމާއްދާއިން “އޭ” ފާސް ހާޞިލްކޮށްފައިވާ ދަރިވަރުންނެވެ. މިއިން ކޮންމެ ދަރިވަރަކު އެ ދަރިވަރަކު ބޭނުން ދާއިރާއަކުން ޤައުމެއްގައި ފުރަތަމަ ޑިގްރީ ފުރިހަމަ ކުރުމުގެ ޚަރަދު ސަރުކާރުން ހަމަޖައްސައި ދޭނެއެވެ. މި ދަރިވަރުން ޓްރޭނިންގ ނީޑްސް ގައި ހިމެނޭ ދާއިރާއަކުން ކަނޑައެޅިފައިވާ ޤައުމުތަކުގެ ތެރެއިން ޤައުމެއްގައި ފުރަތަމަ ޑިގްރީ ފުރިހަމަ ކުރުމުގެ ޚަރަދު ސަރުކާރުން ހަމަޖައްސައި ދޭނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ