Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ފެލިދޫ، ފުލިދޫ އަދި ތިނަދޫގެ ރައްޔިތުންނަށް ރައީސް ދެއްވީ ތަރައްގީގެ ފޮނި އުއްމީދު

ad image

ގުޅުންހުރި ލިޔުންތައް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުކުރު ދުވަހު ވ. އަތޮޅުގެ ތިން ރަށަކަށް ކުރެއްވި ދަތުރުފުޅުގައި، އެރަށްރަށުގެ ރައްޔިތުންނަށް ތަރައްގީގެ ގިނަ މަޝްރޫޢުތަކެއްގެ އުފާވެރި ޚަބަރު ދެއްވައިފިއެވެ. މި ދަތުރުފުޅުގައި ރައީސް ވަނީ ފެލިދޫ، ފުލިދޫ އަދި ތިނަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެރަށްރަށުގެ ތަރައްގީއަށް ގިނަ މަޝްރޫޢުތަކެއް ހިންގަވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

އެގޮތުން އިއްޔެ އެންމެ ފުރަތަމަ ރައީސް ވަޑައިގެންފައިވަނީ ވ. ފުލިދޫ އަށެވެ. އެރަށަށް ކުރެއްވި ޒިޔާރަތުގައި، 15 އަހަރު ވަންދެން ގޯތި ދޫނުކުރެވި އޮތް އެރަށުގައި، ބަނދަރު މަޝްރޫޢުއާ ގުޅުވައިގެން 12 ހެކްޓަރުގެ ބިން ހިއްކައިދެއްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. ނަމަވެސް މި މަޝްރޫޢު ފެށުމުގެ ކުރިން ރައްޔިތުންގެ ޚިޔާލު ލިޔުމުން ކައުންސިލަށް ހުށަހެޅުމަށް އެދިވަޑައިގެންފައިވެއެވެ. ލޯކަލް ޓޫރިޒަމަށް މަޝްހޫރު ރަށެއްގެ ގޮތުގައި ފާހަގަކުރެވޭ ފުލިދޫގެ ގޮނޑުދޮށުގެ މުހިންމުކަން ފާހަގަކުރައްވައި، ބިން ހިއްކުމާ ގުޅޭގޮތުން ރައްޔިތުންގެ މަޝްވަރާ އަވަހަށް ލިބޭނެކަމުގެ އުންމީދު އެބައޮތް ކަމަށް ވިދާޅުވިއެވެ.

އިއްޔެ ރައީސްގެ ދަތުރުފުޅުގެ ދެވަނަ ރަށް ކަމަށްވާ ވ. ތިނަދޫއަށް ކުރެއްވި ޒިޔާރަތުގައި، ރަށުގެ މައިގަނޑު ގޮންޖެހުމެއްގެ ގޮތުގައި ފާހަގަކުރެވުނު ލަފާފުރުމުގެ ދަތިކަން ހައްލުކުރުމަށް، ބަނދަރުގެ މައްސަލަ ހައްލުކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. އަދި ރަށުފަތުރުވެރިކަން ފުޅާވަމުންދާތީ، 2026 ވަނަ އަހަރުގެ މާރިޗު މަހުގެ ކުރިން ޑޮލަރ އޭޓީއެމްގެ ޚިދުމަތް ތަޢާރަފުކޮށްދެއްވާނެކަމަށް އިޢުލާނުކުރެއްވިއެވެ.

އިއްޔެ ތިންވަނައަށް ރައީސް ވަޑައިގެންނެވީ ވ. ފެލިދޫއަށެވެ. އަދި އެރަށުގެ ތަރައްގީއަށް ރޭވިފައިވާ މަޝްރޫޢުތަކުގެ ތެރޭގައި 30 އެނދުގެ ޒަމާނީ ހޮސްޕިޓަލެއް އެޅުމާއި، އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްއެއް ތަރައްގީކުރުމާއި، އައު ސްކޫލް ޢިމާރާތެއް އެޅުމާއި، 12 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫޢު ހިމެނޭކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ފެލިދެއަތޮޅުގައި ސީ-އެމްބިއުލާންސްގެ ޚިދުމަތްވެސް ގާއިމުކުރެއްވުމަށް ނިންމަވާފައިވާކަންވެސް ހާމަކުރެއްވެވިއެވެ.

ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި ސަރުކާރުގެ މަޤްޞަދަކީ އަސާސީ ޚިދުމަތްތަކަށް މާލެއަށް ބަރޯސާވާންޖެހޭ ޖެހުން ނިމުމަކަށް ގެނައުމެވެ. އަދި ސިޔާސީ ބޭނުމަށް ރައްޔިތުންނަށް ދެރަދިނުމަށް ކުރާ ކަންކަން ހުއްޓުވުމަށް ސަރުކާރުން ފިޔަވަޅު އަޅުއްވާފައިވާ ކަމަށާއި، ތަކެތީގެ އަގު ބޮޑުކުރުމަށް ދެން ފުރުޞަތު ނުދެއްވާނެކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ