ހއ އަތޮޅުން ފެށިގެން ތ އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ. މޯލްޑިވްސް މީޓްރޮލޮޖިކަލް ސާރވިސް މެޓުން ހުދު ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު ހަޔަކުން އެގާރަ ޖެހުމާއި ހަމައަށެވެ.
މެޓުން ބުނީ މި ވަގުތުގައި ބޯކޮށްވާރޭވެހުމާއެކު ގުގުރުން އަދި ވިލަަގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. ރާއްޖޭގެ ބައެއް ހިސާބުތަކަށް މޫސުން ގޯސްވެފައިވާތީ ކަނޑުދަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށްވެސް މެޓުން އިލްތިމާސް ކުރެއެވެ.