މިއަދު ފަރަށް އެރި ހއ. ދިއްދޫގެ ބޮޑު ބޯޓު “މެގަ ހޯރަ” ފުންކޮށްފިއެވެ. މި ހާދިސާ ހިނގީ އެ ބޯޓު މާލެއިން މުދާ ބަރުކޮށްގެން އަނބުރާ ދިއްދޫއަށް ދަތުރުކުރަމުންދަނިކޮށެވެ.
މައުލޫމާތު ލިބޭގޮތުގައި އި، އެ ބޯޓު ނ. ވަވަތިކުރޮޅިއަށް އަރާފައިވަނީ ރޭ 12:00 ޖަހާކަށްހާއިރުއެވެ. އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ސާފުވެފައި ނުވި ނަމަވެސް، މިހާރު އެހެން ދޯންޏެއްގައި ކަފު ޖަހައިގެން އެ ބޯޓު ފުންކޮށްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
“މެގަ ހޯރަ” ފަރަށް އެރުމާ ގުޅިގެން ބޯޓުގައި ހުރި މުދާތައް އެހެން އުޅަނދަކަށް ވަނީ ބަދަލުކޮށްފައެވެ.
ބޯޓު ފަރަށް އެރިއިރު އޭގޭން 61 މީހުން ދަތުރު ކުރި ކަމަށާއި އެ ބޯޓަކީ 98 ފޫޓުގެ ބޯޓެއް ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ..