ވިލިމާލެއާ ދިމާލު ބޭރުގައި އޮތް އިންޑިއާގެ ކާގޯ ބޯޓަކުން ކަނޑަށް ވެއްޓިގެން ގެއްލިފައިވާ މީހާގެ ހަށިގަނޑު ފެނިއްޖެ އެވެ.
އެމްއެންޑީއެފުން މައުލޫމާތު ދިން ގޮތުގައި ކަނޑަށް ވެއްޓިގެން ގެއްލިފައިވަނީ އިންޑިއާގެ ކާގޯ ބޯޓު “އެމްއެސްވީ ޑައުލާ” ގައި ދަތުރުކުރި އިންޑިއާގެ ރައްޔިތެކެވެ. އޭނާ ގެއްލިގެން އުޅޭކަމުގެ މައުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ 11:35 ހާއިރު އެވެ.
އެމްއެންޑީއެފުން ބުނީ އެ މީހާގެ ހަށިގަނޑު ފެނިފައިވަނީ ކ. ފޭދޫފިނޮޅުގެ ދެކުނުން ކަމަށެވެ. އަދި ހަށިގަނޑު ފެނިފައިވަނީ އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ސަރޗް އޮޕަރޭޝަނެއްގައި ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދިނެވެ.
އެމްއެންޑީއެފުން އިތުރަށް މައުލޫމާތު ދިން ގޮތުގައި ފެނުނު ހަށިގަނޑު ވަނީ މިހާރު ފުލުހުންނާ ހަވާލުކޮށްފައެވެ.