އިދިކޮޅު ލީޑަރު ކުރީގެ ރައީސް ޔާމީންގެ ގެކޮޅުގައި ދަމާފައި ހުއްޓާ ފުލުހުން ނަގައިގެން ގެންދިޔަ އިންޑިއާއައުޓު ބެނާ ބަލާ އިދިކޮޅު ޕީޕީއެމްގެ ލީޑަރޝިޕުގެ ބޭފުޅުންނާއި ސަޕޯޓަރުން ފުލުހަށް ގޮއްސިއެވެ.
މި ބެނަރ ބަލާ މިއަދު ފުލުހަށް ގޮސްފައިވަނީ އިދިކޮޅުން ކުރިއަށް ގެންދާ އިންޑިއާ އައުޓު ހަރަކާތުގެ ޗެއަރ މުހައްމަދު އިސްމާއިލް އާއި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އާއި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދުގެ އިތުރުން ނައިފަރު ދާއިރާގެ މެންވަރު އަހުމަދު ޝިޔާމް އިސްކޮށްތިބެއެވެ.
ރައީސް ޔާމީންގެ ގެކޮޅު ހ.ދޫވެހީގައި ހުރި ބެނާ ފުލުހުން އެ ގެއަށް ވަދެ ނަގާފައިވަނީ މިދިޔަ މަހުއެވެ. މިމައްސަލަ ހައިކޯޓަށް ހުށައަޅައި އިއްޔެ ކޯޓުން ނިންމާފައިވަނީ ފުލުހުން އެބެނާ ނަގަން ހޯދާފައިވާ އަމުރު ބާތިލް ކަމަށެވެ.