މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ޟަލެ ސަރަހައްދުގައި 46 އެކްސިޑެންޓު ހިނގާފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ މިމަހުގެ 21 އިން 27 ވަނަ ދުވަހުގެ ނިޔަލަށް މާލެ ސަރަހައްދުގައި ހިނގި އެކްސިޑެންޓްތަކުގެ މައުލޫމާތު ހާމަކޮށްފައެވެ. މި މުއްދަތުގެ ތެރޭގައި 46 އެކްސިޑެންޓް ހިނގާފައިވާއިރު އެންމެ ގިނަ އެކްސިޑެންޓް ހިނގާފައިވަނީ 21ވަނަ ދުވަހުއެވެ. އެދުވަހު އެކަނިވެސް ވަނީ 10 އެކްސިޑެންޓެއް ހިނގާފައެވެ. އެންމެ މަދުން އެކްސިޑެންޓް ހިނގާފައިވަނީ 26 ވަނަ ދުވަހުއެވެ. އެދުވަހުު 4 އެކްސިޑެންޓެއް ވަނީ ހިނގާފައެވެ.
ފުލުހުން އާންމުކުރި ތަފާސްހިސާބުން އެނގޭ ގޮތުގައި މި މުއްދަތުގައި ނިޔަލަށް ބްރިޖާއި ހައިވޭގައި ހިނގި 46 އެކްސިޑެންޓުގެ ތެރޭގައި ގިނައީ ސައިކަލާއި ކާރު ޖެހިގެން ހިނގާފައިވާ އެކްސިޑެންޓުތަކެވެ. އެގޮތުން އެފަދަ 11 އެކްސިޑެންޓެއް މިދިޔަ ހަފްތާގައި ހިނގާފައިވެ އެވެ.
މިދިޔަ ހަފްތާގައި ދެން އެންމެ ގިނައިން ހިނގާފައިވަނީ ސައިކަލާއި ސައިކަލު ޖެހިގެން ހިނގި އެކްސިޑެންޓުތަކެވެ. އެފަދަ 8 އެކްސިޑެންޓެއް ރިޕޯޓުކޮށްފައިވެ އެވެ.
ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން އެކްސިޑެންޓްތަކުގައި ހިމެނޭ %80 އުޅަނދަކަށް ވަނީ ގެއްލުން ލިބިފައެވެ.
އެ އެކްސިޑެންޓުތަކުގައި ތިން މީހަކަށް ސީރިއަސް އަނިޔާ ވެފައިވެ އެވެ. އަދި 43 މީހަކަށް އެކި ވަރުގެ އަނިޔާތައް ވެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.