ޗުއްޓީއަށްފަހު މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް އަންނަ ބުރާސްފަތި ދުވަހުން ފަށަން ތާވަލުކޮށްފިއެވެ.
މިއަހަރުގެ ދެވަނަ ދައުރު ނިމުނު ނަމަވެސް، ޗުއްޓީގައި މަޖިލީހުގެ މެމްބަރުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ދައުރުން ބޭރު ޖަލްސާތަކުގައި މަޖިލީހުން ވަނީ މީޑިއާ ކޮމިޝަން ބިލާއި، އާންމުންގެ ހިޔާލު ހޯދުމުގެ ޤާނޫނު ވެސް ފާސްކޮށްފައެވެ.
ރައްޔިތުންގެ މަޖިލިހުގެ މިއަހަރުގެ ފަހު ދައުރުގައި އެންމެ މުހިންމު ކަމަކަށް އޮންނާނީ ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގެ މަސައްކަތްތަކެވެ.
އަންނަ ބުރާސްފަތި ދުވަހަށް ތިން ވަނަ ދައުރުގެ ޖަލްސާއެއް ތާވަލު ކުރި ނަމަވެސް ޖަލްސާގެ އެޖެންޑާއެއް އަދި ކަނޑައެއް ނާޅައެވެ.