- Advertisement -ad image

ގިނަ ދިވެހިންތަކެއް ތިބި ފްލައިޓެއްގައި ޓެކްނިކަލް މައްސަލައެއް ދިމާވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް

ގިނަ ދިވެހިންތަކެއް ތިބި ފްލައިޓަކަށް ޓެކްނިކަލް މައްސަލައެއް ދިމާވެ އެއަރޕޯޓްގައި ތާށިވެއްޖެއެވެ. ފްލައި ދުބާއީގެ 14:40 ގައި ރާއްޖެ އަށްޖައްސަން އޮތް ފްލައިޓް ބޯރޑްކުރުމަށްފަހު ޓޭކް އޮފް ކުރަން ބާރަށް ދުއްވަން ފަށާފައި ކުއްލިއަކަށް ބްރޭކް ޖެއްސުމަށްފަހު އަނބުރާ ގޮސް ޕާރކު ކުރީ ކަމަށް މި ފްލައިޓުން ރާއްޖެއަށް ދަތުރު ކުރުމަށް ދުބާއީ އެއަރޕޯޓްގައި ހުރި މީހަކު މައުލޫމާތު ދިނެވެ.

އަދިވެސް ފްލައިޓް ނައްޓާލާނެ ގަޑި އަންގާފައި ނުވާ ކަމަށާއި މިހާރުވެސް އިންޖިނިއަރުން ބޯޓު ބަލަމުންދާ ކަމަށް އެ ޕެސެންޖަރ މައުލޫމާތުދިނެވެ. އަދި ދަތުރު ކުރާނީ އެހެން ފްލައިޓެއްގައި ކަމަށް ބެލެވޭ ކަމަށްވެސް ދުބާއީ އެއަރޕޯޓުގައި ހުރެ ހިރާސް އާ ވާހަކަ ދައްކަމުން އޭނާ ބުންޏެވެ.

ދުބާއީ އަކީ ފަހަކަށް އައިސް ވިޔަފާރި ދަތުރުތަކުގަ އާއި އެހެނިހެން ބޭނުންތަކަށްވެސް ދިވެހިން ގޮސް އުޅޭ ގައުމެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ