ސްކޫލްތަކުގައި ޓީބީ ފެތުރޭ ކަމަށްބުނެ މީޑިއާތަކުން ފަތުރަމުންދަނީ ދޮގު ހަބަރެއް ކަމަށް މިނިސްޓްރީ އޮފް އެޑިކުއުކޭޝަނުން ބުނެފިއެވެ. ސީއެޗްއެސްސީގައި ކިޔަވަމުންދާ ދަރިވަރެއް ޓީބީ އަށް ޕޮޒިޓިވްވެ އެސްކޫލްގެ ޓީޗަރުންނާއި ދަރިވަރުން ޓީބީ އަށް ޓެސްޓް ކުރުމަށް ނިންމާފައިވާ ކަމަށްބުނެ ބައެއް މީޑިއާތަކުން މިއަދު ވަނީ ރިޕޯޓްކޮށްފައެވެ.
މިކަމާ ގުޅިގެން އެޑިއުކޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ މިނިސްޓްރީ އާއި އެޗްޕީއޭ ގުޅިގެން ދޭތެރެ ދޭތެރެއިންސްކޫލްތަކުގެ ދަރިވަރުން ޓީބީއަށް ސްކްރީން ކުރުމުގެ ޕްރޮގްރާމްތައް ހިންގަމުން އަންނަ ކަމަށާއި މި އުސޫލުގެ ދަށުން މިއަހަރުވެސް ސްކޫލްތަކުގައި ޓެސްޓް ކުރުމުގެ ހަރަކާތް ކުރިއަށް ގެންދާ ކަމަށެވެ.
އަދި މިއީ ރާއްޖެއިން ފެނިފައިވާ ގައިންގަޔަށް އަރާ ބައްޔަކަށް ވީހިނދު އެކި އުމުރު ފުރައިގެ ސްކޫލް ދަރިވަރުން މަދުން ނަމަވެސް މި ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ. ނަމަވެސް މިހާރު ޓީބީ ބަލި އެއްވެސް ސްކޫލެއްގައި ފެތުރެމުން ނުދާ ކަމަށް އެޑިއުކޭޝަނުން ހާމަކުރެއެވެ.